ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށާއި، އިންޑިއާ އަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް، ޢައްޔަން ކުރެއްވީ މާފަންނު ބީނާފުށި، އަލްފާޟިލާ އާއިޝަތު ޢަޒީމާއެވެ.
ސުޢޫދިއްޔާ އަރަބިއްޔާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަލްފާޟިލް އަޙްމަދު ސަރީރެވެ.
ސައޫދީ ސަފީރުކަމަށް ޢައްޔަނުކުރެއްވި ސަރީރު އެ މަގާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ޚާރިޖިއްޔާގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމުގައެވެ. ހުންނެވީ އޯގަނައިޒޭޝަން އިފް އިސްލާމިކް ކޮންފަރެންސް، އޯއައިސީގެ ޑިރެކްޓަރ އޮފް އޭޝިއަން އެފެއަރސްގެ މަޤާމުގައެވެ.
އަޙްމަދު ސަރީރު ގެންދަވަނީ 1986 ވަނަ އަހަރުން ފެށިގެން ޚާރިޖީ ދާއިރާގައި މަސައްކަތްކުރައްވަމުންނެވެ.
އިންޑިއާ އަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަނު ކުރެއްވި އަޒީމާ، އެ މަގާމަށް ޢައްޔަނުކުރެއްވުމުގެ ކުރީން ހުންނެވީ ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައެވެ.
ޢަޒީމާއަކީ ޚާރިޖިއްޔާގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ޚިދުމަތް ކުރައްވާފައިވާ، ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!