މާލޭގެ ގެސްޓްހައުސްއެއްގައި ދިވެހި ފިރިހެނެއް ޒަހަމްވެފައި އޮއްވައި ފެނުނު މައްސަލާގައި، އެ މީހާއަށް އަނިޔާދިންކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
9 ސެޕްޓެމްބަރު 2024 ގައި، ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގައި އުޅޭ މީހެއްގެ ހަބަރު ނުވެގެން އޭނާގެ ކޮޓަރިއަށް ވަދެ ބެލިއިރު، އޭނާ ޒަހަމްވެފައި އޮއްވައި ވަނީ ފެނިފައެވެ.
ފުލުހުން މިއަދު ބުނީ 9 ސެޕްޓެމްބަރުގައި މާލޭގެ ގެސްޓްހައުސްއެއްގައި ޒަޚަމްތަކަކާއެކު އޮވެ ފެނުނު މީހަކާ މެދު މާރާމާރީ ހިންގިކަމަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މީހުންގެ ވަނަވަރުވެސް ފުލުހުން އާންމުކޮށްފައިވާއިރު، ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފައުޒާން ޒޒަރީރު (23 އަހަރު) ކ. ތުލުސްދޫ / ޕެރިސް، އާއި އަހުމަދު މާޒިން އިބްރާހިމް (23 އަހަރު) މާލެ/މއ. ވޯކޯޅުގެ އެވެ. މި ދެ ފަރާތް ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ގެސްޓްހައުސްއެއްގައި ދިވެހި ފިރިހެނަކު ޒަހަމްވެފައި އޮއްވައި ފެނިއްޖެ
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ. އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!