ފަހުގެ ތާރީހެއްގައި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކުގައި ޒުވާން ޚަތީބުން އެންމެ ގިނައިން އިމާމުވެ ހުކުރު ކުރި ދުވަހަކީ އިއްޔެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އިއްޔެ ފާހަގަކޮށްފައި ވަނީ ތާރީޚީ ހުކުރެއްގެ ގޮތުގައެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކުގެ މިންބަރުތަކުން ޒުވާން ޚަޠީބުން ފެނިގެންދިޔަ ހުކުރު ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އައު ސަރުކާރުން ފަށާފައިވާ ޒުވާން ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތެރެއިން 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުމަކީ މި ފަސް އަހަރަށް ހިފާފައިވާ އަމާޒެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ދެ ބެޗެއް މިހާރު ވަނީ ނިމިފައެވެ. މި ދެ ބެޗުން 300 އަށްވުރެ ގިނަ ޒުވާން ކުދިންވަނީ ޚަޠީބުކަމުގެ ސަނަދު ހާސިލްކޮށްފައެވެ.
އެ ހުރިހާ ޒުވާނުންނަކީ ވެސް، ޒުވާން ޚަޠީބުންގެ ތަމްރީން ފުރިހަމަކޮށް އިމްތިޙާނުންވެސް ފާސްވެފައިވާ ޚަޠީބުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމާއި، އިރުޝާދުގެ ދަށުން ގެންދާ މި ޕްރޮގްރާމަށް އަންނަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!