ޑީސެލައިންގެ ނަމުގައި ކުޅުދުއްފުށީގައި ފިއުލް ޝެޑެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
އެކޯ އެންޓަޕްރައިސަސްގެ ފަރާތުން ކުޅުދުއްފުށީ އުތުރު ބަނދަރުގައި، ތެލުގެ ވިޔަފާރި ކުރުމަށް ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޒަމާނީ ފިއުލް ޝެޑް ހުޅުވައި ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މިވަގުތު އެ ޝެޑުން ހިދުމަތް ދެމުން އަންނަނީ ހަމައެކަނި އެއްގަމު އުޅަނދުތަކަށެވެ. އެ ކުންފުނިން ބުނީ މިހާރު އޮއިލް ބައިޒަރެއް ގެނެސްފައިވާ ކަމަށާއި، ވަރަށް އަވަހަށް ބައުޒަރު ހިދުމަތަށް ނެރޭނެ ކަމަށެވެ. އޭރުން އޮޑިދޯނި ފަހަރަށް ތެޔޮ އެޅުމުގެ ހިދުމަތް ލިބެމުންދާނެ ކަމަށާއި، އިތުރަށް ހިދުމަތް ފުޅާކުރުމަށް އަދި އިތުރު އެއް ބައުޒަރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން ބުނީ އޮއިލް ޝެޑް ހުޅުވުމަށް ކުރިއަށް އޮތްތަނުގައި ބޮޑު ހަރަކާތެއް އަދި ބާއްވާނެ ކަމަށާއި، ކުންފުނީގެ ވިސްނުމަކީ ހެޔޮ އަގުގައި ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދިނުން ކަމަށެވެ.
އުތުރުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ކުޅުދުއްފުށި ސިޓީގައި ތެލުގެ ހިދުމަތް ފާއިތުވި ދިގު މާޒީގައި ދެމުން އައިސްފައި ވަނީ އެތުމާ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!