ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ނިހާންގެ މައްޗަށް ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީލޯންޑްރިންގެ ދައުވާއެއް 2019 ވަނަ އަހަރު ކުރީ މަޖިލިސް މެމްބަރަކަށް އޭނާ ހުންނެވިއިރު ރިޝްވަތުގެ ގޮތުގައި ފައިސާ އާއި ރޮލެކްސް ގަޑި ހޯއްދެވި ކަމަށް ބުނެ އެވެ.

Ad
rt

ޕީޖީ އޮފީހުން މިހާރު ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާކަން ނިހާނަށް އަންގައިފަ އެވެ.

ނިހާންގެ މައްސަލަތައް ކުރިއަށް ނުގެންދަން ނިންމިއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް އޭނާ މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެ މަގާމަށް ނިހާން އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ނިހާންގެ މައްޗަށް އެ ދައުވާތައް ކުރީ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު ރިޝްވަތުގެ ގޮތުގައި ފައިސާ އާއި ރޮލެކްސް ގަޑި ހޯއްދެވި ކަމަށް ބުނެ އެވެ.