20 ވަނަ މަޖިލީހަށް އިންތިޚާބުގައި އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާ ކުރެއްވުމުގެ ޖަލްސާ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ.
ވިހި ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުމުގެ ޖަލްސާ މެއި 28 ބާއްވަން ނިންމަވާފައިވާކަން ޢިއުލާން ކުރެއްވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 15 ވަނަ ދުވަހަށް ހަމަވާއިރު، މި ދައުރުގެ އެންމެ ފަހު ޖަލްސާ އަންނަ މަހުގެ 13 ވާ ހޯމަ ދުވަހު ބޭއްވުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.
އާދީއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.
މި އިންތިޚާބުގެ ސުޕާ މެޖޯރިޓީ ސަރުކާރުން ހޯދާފައިވާއިރު، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި ސަރުކާރުގެ ތާއީދު އޮތް ގިނަ މެންބަރުން ހިމެނޭހެން މިނިވަން 11 މެންބަރަކު އިންތިޚާބު ކާމިޔާބުކުރައްވާފަވެއެވެ.
މިއިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ސަރުކާރުގެ ތާއީދާއެކު އިންތިޚާބު ކާމިޔާބުކުރެއްވި މިނިވަން މެންބަރުންގެ އިތުރުން ރައީސް ޑރ. މުޢިއްޒާއި، ސަރުކާރުގެ ތާއީދު ދެއްވި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ހިމެނޭހެން އެމްޑީއޭއިން ވަނީ އިތުރު ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްއާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ރައީސް ޑރ. މުޢިއްޒާއި، ސަރުކާރުގެ ތާއީދާ އެކުއެވެ.
މި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑި އެވެ.
އިންތިޚާބުގައި ވާދަކުރި ދަ ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބެއް ނުކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!