އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 3-1 ގެ ނަތީޖާއިން ޝެފީލްޑް ބަލިކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި ޖަހައިދިނީ ޑާވިން ނުނޭޒްއެވެ. މެޗުގެ 58 ވަނަ މިނެޓުގައި ލިވަޕޫލްގެ ކޯނޯ ބްރެޑްލީ އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު ނަތީޖާ ހަމަހަމަވިއެވެ.

Ad
rt

މެޗުގައި ލިވަޕޫލަށް ދެވަނަ ފަހަރަށް ލީޑު ލިބުނީ 76 ވަނަ މިނެޓުގައި މެކްއަލިސްޓާ ޖަހައިދިން ހިތްގައިމު ލަނޑުންނެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ޑިއާޒް ދިން ބޯޅައަކުންނެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ޖެހީ ގަކްޕޯއެވެ.

މި މޮޅާއިއެކު ލިވަޕޫލަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބެނީ 30 މެޗުން ލިބުނު 70 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި އާސެނަލް އޮތީ 30 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި އޮތް ސިޓީއަށް ލިބިފައި ވަނީ 67 ޕޮއިންޓެވެ.