ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

މި މުބާރާތަށް ހުށަހަޅާ ލޯގޯގައި އަންހެނުންގެ ތަރައްގީއާއި ހޯރަފުށި ރަމްޒުކޮށްދޭން ޖެހެއެވެ. އަދި މީގެއިތުރުން އެ ރަށަށް ހާއްސަ ކަމެއް ނުވަތަ ކަންތައްތަކެއް ނުވަތަ އެ ރަށުގެ ސަގާފަތެއް ނުވަތަ އެ ރަށުގެ ތާރީހް ހިމަނަން ޖެހެއެވެ.

Ad
rt

ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެ ކޮމެޓީން ފާސްކުރާ ލޯގޯ ފަރުމާކުރާ ފަރާތަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ލޯގޯ ފަރުމާކުރުމުގެ އުސޫލާއި އެއްގޮތްވާގޮތުގެ މަތީން ފަރުމާކުރާ ލޯގޯ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހޯރަފުށި ކައުންސިލް އިދާރާއަށް މެއިލް ކުރެއްވުމަށް އެފަރާތުން އެދެއެވެ. މެއިލް އެޑްރެސް އަކީ info@hoarafushi.gov.mv އެވެ.

މައުލޫމާތު ޝީޓް

https://storage.googleapis.com/gazette.gov.mv/docs/iulaan/160448.pdf