ބަދަލުތަކާއެކު ދިރާސީ އަހަރު (2023-2024)ގެ އެކަޑަމިކް ކަލަންޑަރު އަދި 2024 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރު ތައުލީމާބެހޭ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ.

ތައުލީމާބެހޭ ވުޒާރާއިން މިއަދު އާންމުކުރި (2023-2024)ގެ އެކަޑަމިކް ކަލަންޑަރުގައިވާގޮތުން އިއްޔެ ފެށި ދެވަނަ ޓާމްގެ މިޑްޓާމް ބްރޭކްގެ ކުރިން ކިޔަވާ އެންމެ ފަހު ދުވަހަކީ މި އަހަރުގެ މާރިޗް މަހުގެ 28 ވަނަ ދުވަހެވެ.

Ad
rt

މިޑްޓާމް ބްރޭކަކީ މި އަހަރުގެ 31 މާރިޗުން އޭޕްރިލް 4 އަށެވެ. ރޯދަމަހުގެ ފަހު 10 ބަންދު ދުވަސްތަކެއް ކަމުގައި އައު ސަރުކާރުން ހަމަޖައްސާފައިވުމާއެކު 31 މާރިޗުން އޭޕްރިލް 9 އަކީ ރޯދަމަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރެއަށް ވަންނަ ދުވަސްތައްކަމަށްވާތީ އެ ދުވަސްތައް ވެސް ވަނީ ބަންދުގެ ގޮތުގައި އެކަޑަމިކް ކަލަންޑަރުގައި ހިމަނާފައެވެ. އަދި ފިތުރު އީދު ދުވަހަކީ އޭޕްރިލް 10 ކަމަށް މީލާދީ ކަލަންޑަރުގައި އޮންނާތީ ފިތުރު އީދު ބަންދު ދުވަސްތަކަށްފަހު ސްކޫލްތައް ދެން ހުޅުވޭނީ އޭޕްރިލް 14 ވަނަ ދުވަހުއެވެ.

30 އޭޕްރިލްގައި ދެވަނަ ޓާމުގެ ކިޔެވުން ބަންދުވާއިރު، 2024 ވަނަ އަހަރު ދިރާސީ އަހަރު ފަށާނީ 26 މެއި 2024 ގައެވެ.

2024 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ފުރަތަމަ ޓާމު ބަންދުގެ ގޮތުގައި ބުނެފައި ވަނީ 29 ސެޕްޓެމްބަރުން 3 އޮކްޓޯބަރަށެވެ. ސެޕްޓެމްބަރު 6 ގައި ދެވަނަ ޓާމްގެ ކިޔެވުން ފެށޭނެއެވެ.

ދެވަނަ ޓާމްގެ މިޑްޓާމް ބްރޭކަކީ 22 ޑިސެމްބަރު 2023 އިން 2 ޖެނުއަރީ 2024 އެވެ.

ދެވަނަ ޓާމްގެ ސްކޫލް ބަންދު ދުވަސްތައް ގޮތުގައި ކަލަންޑަރުގައި ބުނެފައި ވަނީ 23 ފެބްރުއަރީން 6 މާރިޗް 2024 އަށެވެ.

ސްކޫލްތަކުގެ ބޮޑު ބަންދު ކުރިން އޮތްގޮތަށް އަހަރުގެ ފަހުކޮޅަށް ބަދަލުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ.