ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯ އިން މިރޭ ބުނީ އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފަައިވާ ކަމަށެވެ.
މިގޮތުން ޕެޓްރޯލް ލިޓަރަކުން 0.40 ލާރި އަދި ޑީސަލް ލިޓަރަކުން 0.45 ލާރި ވަނީ ހެޔޮކޮށްފައެވެ.
އެ ކުންފުނިން ކުރިން ޕެޓްރޯލް ލިޓަރެއް ވިއްކާފައި ވަނީ 14.73 ލާރިއަށެވެ. މި ބަދަލާއެކު މިހާރު ޕެޓްރޯލް ލިޓަރެއް ވިއްކާނީ 14.33 ލާރިއަށެވެ.
އެކުންފުނިން ކުރިން ޑީސަލް ލިޓަރެއް ވިއްކަމުން އައީ 15.07 ލާރި އަށެވެ. ޑީސަލްގެ އަގަށް ގެނައި ބަދަލާއެކު ދެން ލިޓަރެއް ވިއްކާނީ 14.62 ލާރިއަށެވެ.
އެސްޓީއޯ އިން އަންނަނީ އެ ކުންފުންޏަށް ދުނިޔޭގެ މާކެޓުން ތެޔޮ ގަންނަން ލިބޭ އަގާއި ގުޅިގެން ރާއްޖޭގައި ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!