އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހދ. ނޮޅިވަރަންފަރުގައި އަލަށް އެއް މަޝްރޫއު، އެ އަތޮޅު ނޮޅިވަރަމްގައި އަލަށް ދެ މަޝްރޫޢު ފަށަން ބަޖެޓްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވިކަން ފޮނުވިކަން ހާމަކުރައްވާފައިވާއިރު، އެ ބަޖެޓްގައި ހދ. އަތޮޅުގެ ނޮޅިވަރަމް ދާއިރާގެ ނޮޅިވަރަމަށް އަންނަ އަހަރަށް 8،803،623 ރުފިޔާ އަދި ނޮޅިވަރަންފަރަށް 13،674،227 ރުފިޔާ ވަނީ ހިމަނާފައެވެ. މިއީ ހިނގަމުންދާ މަޝްރޫޢުތަކަށާއި، އެވޯޑްކޮށްފައިވާ މަޝްރޫޢުތަކަށާއި، ކޮންޓެކްޓްކޮށްފައިވާ މަޝްރޫޢުތަކަށާއި، ޓެންޑަރިން. ޕްރީޓެންޑަރިން، ރިޓެންޝަން އަދި އަލަށް ފަށާ މަޝްރޫޢުތަކަށް މި ދެ ރަށަށް ބަޖެޓްގައި ހިމަނާފައިވާ ޢަދަދެވެ.

Ad
rt

މީގެ ތެރެއިން ނޮޅިވަރަމްގައި މުޅިން އަލަށް ފަށާ ދެ މަޝްރޫޢުއެއް ވަނީ ބަޖެޓްކޮށްފައެވެ. މިގޮތުން އެރަށުގެ މަގު ހަދަން 3،984،064 ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ. އަދި އެރަށު ސްކޫލްގައި އައު ކްލާސްރޫމް އެޅުމަށާއި، ސައެންސް ލެބަކާއެކު މަލްޓި ޕާޕަސް ހޯލެއް އަޅަން 1،500،000 ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

ނޮޅިވަރަންފަރުގެ މަގު ހެދުން ޕްރީ ޓެންޑަރިންގައި އޮތް އިރު، އެރަށުގައި އަލަށް ފަށާ މަޝްރޫޢޫއެއްގެ ގޮތުގައި ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމަށް 7،131،679 ރުފިޔާ ވަނީ ހިމަނާފައެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރިޕޯޓުގައިވާ ގޮތުންމި ބަޖެޓްގައި އާ ސަރުކާރުން ހުށަހެޅި 458 މަޝްރޫޢުއެއް ހިމަނާފައިވާއިރު، 17 ނޮވެމްބަރުަގައި ދައުރު ފަށާ އާ ސަރުކާރުގެ މަޝްރޫޢުތަކަށް 1.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ 144 މަޝްރޫޢުއަކީ މިހާރު ވެސް ހިންގަމުން އަންނަ މަޝްރޫޢުތަކެވެ. އެހެންވެ ބަޖެޓުގައި މުޅިން އަލަށް ފަށަން ހުށަހަޅާފައިވަނީ އާ ސަރުކާރުގެ 314 މަޝްރޫޢުއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) މަޝްރޫޢު ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހިމަނާފައެވެ. މި ބަޖެޓްގެ ޖުމްލައަކީ 49.5 ބިލިއަން ރުފިޔާ އެވެ.