ށ. މިލަންދޫ ގައި އެެއާޕޯޓް އެޅުމަކީ، އެ ހިސާބުގެ ރައްޔިތުންނަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ށ. އަދި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭން ދަތުރުގައި ށ. މިލަންދޫގައި ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މުޢިއްޒުގެ ވާހަކާގައި ވިދާޅުވީ، 30 މިނެޓުން ދެވޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓްތައް ގާއިމް ކުރުމަކީ ރައީސް ޔާމީންގެ ސިޔާސަތެއް ކަމަށެވެ.

’’އެ މަސައްކަތް ފެއްޓެވި، ވަރަށް ގިނަ ރަށްތަކުގައި އެއާޕޯޓްތައް ހައްދަވާފަ ވަނީ، މިރަށާއި އެންމެ ކައިރިން ފުނަދޫގައި އެއާޕޯޓް މި އޮންނަނީ، 30 މިނެޓް މި ވަނީ ގާތްގަނޑަކަށް ދާން". މުއިއްޒު ވިދާޅުވިއެވެ.

ށ. އަތޮޅުގެ ރަށްތައް ހުރިގޮތުން ދަތުރުފަތުރުގައި އުނދަގޫތައް ހުރިކަމަށާއި، މިލަންދޫން ފުރައިގެން ފުނަދޫ އެއާޕޯޓަށް ދާން 30 މިނިޓަށްވުރެ އިތުރު ވަގުތު ނަގާކަން މުޢިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ:

އެހެންކަމުން މިލަންދޫ ގައި އެެއާޕޯޓް އެޅުމަކީ، އެ ހިސާބުގެ ރައްޔިތުންނަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"އެކަން އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް އަޅުގަނޑު ކޮށްދޭނަން." މުޢިއްޒު ވިދާޅުވެފައެވެ.