ހއ. މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ސޮއިކުރައްވައިފިއެވެ.
ޖައިލަމް އެމްއެންޕީއަށް ސޮއި ކުރައްވައި، ފޯމު ހަވާލުކުރައްވާފައި ވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އާއެވެ.
އެމްއެންޕީން ވަނީ، މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމްއަށް ތާއިދުކުރަން ނިންމައި، އެމްއެންޕީއާއި ގުޅުމުން ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޖައިލަމް އަކީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކައުންސިލް އިންތިޚާބުގައި ވާދަކުރައްވައި މާރަންދޫ ކައުންސިލް ރައީސްކަމުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާ ބޭފުޅެކެވެ.
ޖައިލަމްގެ އެމްއެންޕީއާއި ގުޅިވަޑައިގަތްއިރު، މާރަންދޫ ކައުންސިލްގައި ދެން ތިއްބަވާ މެންބަރުން ތެރެއިން ނައިބު ރައީސް އަހްމަދު ރަމީޒް އާއި އަންހެން ދެ މެންބަރުންކަމަށްވާ އައިމިނަތު ޒީނިޔާ އަދި އަފީފާ ޚާލިދަކީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނެވެ. މާރަންދޫ ކައުންސިލްގައި އިދިކޮޅު ތަމްސީލް ކުރައްވަނީ އިދިކޮޅު ޕީޕީއެމްގެ ހުސައިން އާދަމް އެވެ.
މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް އެމްޑީޕީއާ ގުޅިވަޑައިގަތްއިރު، އެމްއެންޕީން ގެންދަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރިއާއިއެކު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!