ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަޤާމުގައި ހުންނެވި ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް މިއަދު އަރުވައިފިއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް މި ޢިއްޒަތް އެރުވީ، މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރެއްވުމަށް ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

Ad
rt

ރައީސް އޮފީހުން ވިދާޅުވިގޮތުގައި ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެރުއްވީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅަކަށް ވުމާއި، ރާއްޖެ މިއަދު މި ދެކޭ ތަޢުލީމީ ނިޒާމު ބައްޓަން ކުރެއްވުމުގައްޔާއި، މުދައްރިސުން އުފެއްދެވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ ގިނަގުނަ މަސައްކަތްޕުޅުތަކާއި، ތަޢުލީމީ ދާއިރާއިން ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ކޮށްދެއްވައިފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

މީގެ އިތުރުން ތަފާތު އެކި މަޤާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވެސް ވަޒަންކުރެއްވުމުގެ ގޮތުންނެވެ.