މިއަހަރުގެ މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮތްއިރު، ބޯޓިން އެސޯސިއޭޝަނުން ބުނީ އެވޯޑް ހަފްލާ ބޭއްވުމަށް މިހާރު ނިންމާފައިވަނި ޑިސެމްބަރ މަހުގެ ތެރޭގައެވެ.

Ad
rt

ބޯޓިން އެސޯސިއޭޝަނުން ބުނީ މިއަހަރުގެ ބޯޓިން އެވޯޑް 33 ގިންތިއަކުން ހުޅުވާލައިގެން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ލިވަރބޯޑްތަކާއި ސަފާރީތަކަށްދޭ އެވޯޑު އަދި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްދޭ އެވޯޑު ހިމެނޭ ކަމަށް ބުނެއެވެ.

އެގޮތުން ކެޕްޓަން، ޝެފް، ކްރޫ މެންބަރ، އިންޖީނިއަރ، ކްރޫޒް މެނޭޖަރ، އޮޕަރޭޝަން ސްޓާފް ފަދަ އެވޯޑް ދިނުމަށް ނިންމާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުންއަންނަ އެވޯޑެކެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދެމުންއަންނަ މި އެވޯޑަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސަފާރީތަކަށް ހާއްސަ ކޮށްދެވޭ އެވޯޑެކެވެ. އެވޯޑް ދިނުމުގެ މަގުސަދަކީ އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމެވެ.