ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ބާއްވާ "ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް ބްލެކް ކޯނާ އެފްސީއާއި ފިއުރިއަސް އަދި ލެއިޓްވުލްފުން ކާމިޔާބު ކޮށްފިއެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ބްލެކް ކޯނާ އެފްސީއާއި ފިއުރިއަސް ޖޫނިއާއެވެ. މި މެޗު 8-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކުރީ ބްލެކް ކޯނާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބްލެކް ކޯނާގެ ޖޯޒީ ނަމްބަރު 30، ނާއިޝް އާދަމެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އެފްސީ ބިގް އާއި ފިއުރިއަސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ފިއުރިއަސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ބިގްގެ ޖޯޒީ ނަމްބަރު 47، ފާއިންއެވެ.
އިއްޔެގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ލެއިޓްވުލްފާއި ބްލެކް ކޯނާ ޖޫނިއާއެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ލެއިޓްވުލްފެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ލެއިޓްވުލްފްގެ ޖޯޒީ ނަމްބަރު 9، އާދަމް އަޒުހަމްއެވެ.
މި މުބާރާތުގައި މިއަދު ވެސް ތިން މެޗު ކުޅޭނެއެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފިއުރިއަސްއާއި ލެއިޓްވުލްފެވެ. ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ އަލް ޔާގިޝްއާއި ފިއުރިއަސް ޖޫނިއާއެވެ. ތިންވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ އެފްސީ ބިގާއި ބްލެކް ކޯނާ ލަޔަންސްއެވެ.
މި މުބާރާތުގައި ޖުމްލަ ހަތްޓީމެއް ވާދަކުރެއެވެ. މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިން ޕޮއިންޓް ހޯދާ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީފައިނަލުގައި ބައްދަލުކުރާނީ ގްރޫޕް ބުރުގައި އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ ޓީމެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މުބާރާތު ފައިނަލް މެޗު ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!