ގދ. ތިނަދޫ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ބިދޭސީ އެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގދ. ތިނަދޫ ގެއެއްގެ ތެރޭގައި 48 އަހަރުގެ ބިދޭސީ ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރު 13:30 ހާއިރު ކަމަށާއި އެކަމާއި ގުުޅިގެން ފުލުހުން، ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ނޫނީ ޝައްކުކުރެވޭ ކަންތައްތަކެއް މިހައިތަނަށް ފެނިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އަދި އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް ވެސް ހާމައެއް ނުކުރެއެވެ.
މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!