ދުނިޔޭގެ ބިމުން 10،000 މީޓަރު (32،808 ފޫޓު) ފުންމިނުގެ ލޯވަޅެއް ތޮރުފުމުގެ މަސައްކަތް ޗައިނާއިން ފަށައިފި އެވެ.

ޗައިނާއިން މިހާ ފުން ލޯވަޅެއް ތޮރުފަން ފެށީ ތެލުގެ މުއްސަނދިކަން އޮތް ޝިންޖިއާން ސަރަހައްދުގައި ބޯހޯލް ހޮޅި ވަޅުލުމަށް ކަމަށް ބޭރުގެ މީޑިއާތަކުގައި ބުނެފައިވެ އެވެ.

Ad
rt

މި ލޯވަޅު ތޮރުފުމާ އެކު 10 އަށް ވުރެ ގިނަ ކޮންޓިނެންޓަލް ސްޓްރެޓާ ނުވަތަ ހިލަ ފަށަލަތަކަށް ވަދެ، އަދި 145 މިލިއަން އަހަރު ކުރިން އުފެދުނު ހިލަ ހުންނަ ދުނިޔޭގެ ބިމުގެ ފަށަލަތައް ވެސް ފޫ އަޅުވާލާނެ އެވެ.

ރައީސް ޝީ ޖިންޕިން ވަނީ 2021 ވަނަ އަހަރު ގައުމުގެ މަޝްހޫރު ބައެއް ސައިންސްވެރިންނާ މުހާތަބުކޮށް ދެއްކެވި ތަގުރީރުގައި ދުނިޔެ ފުންކޮށް ދިރާސާކުރުމުގައި އިތުރު ކުރިއެރުމެއް ހޯދުމަށް ގޮވާލައްވާފައެވެ.

ދުނިޔޭގައި އިންސާނުން މިހާތަނަށް ތޮރުފާފައިވާ އެންމެ ފުން ލޯވަޅަކީ ރަޝިޔާގެ ކޮލާ ސުޕަރޑީޕް ބޯހޯލް އެވެ.، މިއީ 1989 ވަނަ އަހަރު 12،262 މީޓަރު (40،230 ފޫޓު) ގެ އަޑިއަށް ތޮރުފި ލޯވަޅެކެވެ.