ހދ. ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު އާއި ހދ. ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ.
މި ދެ ބޭފޫޅުން "ދަ ޑިމޮކްރެޓްސް" އާ ގުޅިވަޑައިގެން ސޮއި ކުރައްވާފައިވަނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކުރައްވަ އެވެ.
ހދ. އަތޮޅު ކައުންސިލުގެ ކުރީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ އަމީން މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނި ވޭތުވެދިޔަ 13 އަހަރު އެމްޑީޕީގައި މަސައްކަތް ކުރީ އެމްޑީޕީ އަކީ އޭނާ ގަބޫލުކުރާ ސިޔާސަތުތަކެއްގެ މައްޗަށް އުފެދިފައިވާ ޕާޓީ އަކަށް ވުމުން ކަމަށެވެ. ނަމަވެސް މިއަދު މިވަނީ އެމްޑީޕީގެ އަސްލު އުސޫލުތަކާއި ހަމަތަކުން ނެއްޓިފައި ކަމަށެވެ.
އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ދަ ޑިމޮކްރެޓްސް އާއި ގުޅިގެން މަސައްކަތް ކުރުންކަމުގައި ދެކޭ ކަމަށް ވެސް އޭނާގެ ޓްވީޓުގައި ބުނެފައި ވެއެވެ.
މި ދެ ބޭފުޅުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވުމާއި ގުޅިގެން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
މިދެބޭފުޅުން އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސް އަށް ސޮއެކުރެއްވި އިރު ހދ. އަތޮޅުގައި ފެށުނީންސުރެއް އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮން ހަރަކާތްތެރިވަމުން އަންނަ ފަރާތްތައްވެސް އަންނަނީ އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރަމުންނެވެ.
Congratulations Abdullah Mahir @TheDemocratsMV #WeTheDemocrats pic.twitter.com/IAC7R56R8T
— Ameen Mohamed (@Ameenkumundhoo) May 30, 2023
އޭގެ ތެރޭގައި ކުޅުދުއްފުށި ދެކުނު ދާއިރާ ރައީސް އަކްރަމް އާއި ނޭކުރެންދޫ ޝިނާން އާއި އާޝިމް އަދި ނެއްލައިދޫ އަލީ އަޙްމަދު (އަލިބެ) ހިމެނެ އެވެ.
މީގެ އިތުރުން އެމްޑީޕީގެ ހަރަކާތްތަކުގައި ފެށުނީންސުރެއް ވަރަށް ބޮޑު ހަރަދެއް ކުރައްވަމުން އަންނަ ވިޔަފާރިވެރިޔާ ޕެންޓަ މާހިރުވެސް ހިމެނެއެވެ.
މީގެ އިތުރުންވެސް އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ކުރިއަށް އޮތްތަނުގައިވެސް ސޮއިކުރަން ހަމަޖެހިފައިވާކަމުގެ ހަބަރު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!