"ރަށްފެހި" ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި100 ގަސް އިންދައިފިއެވެ.

Ad
rt

ރާއްޖޭގެ ހުރިހާ ރަށްތައް ފެހިކުރުމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެފައިވާ ވަޢުދެއް ކަމުގައިވާ 'ރަށްފެހި' ޕްރޮގްރާމް، 10 ނޮވެމްބަރ 2019ގައި ކުޅުދުއްފުށީގައި ވަނީ އިފްތިތާޙްކޮށްފައެވެ. މިހަރަކާތް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުޅުދުއްފުށީގެ 27 މުއައްސަސާއަކާއި ގުޅިގެން 7 ޑިސެމްބަރ 2019ގައި ވަނީ އިތުރު ބޮޑު ހަރަކާތެއް ހިންގިފައެވެ. މި ހަރަކާތުގައި ކުޅުދުއްފުށީގެ އެންމެ ބޮޑު ދެމަގު ކަމުގައިވާ އަމީނީމަގާއި ބަންޑާރަ މަގުގައި 100 ގަސް ވަނީ އިންދާފައެވެ.

މިހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށީގައި އަލަށް ތަރައްޤީ ކޮށްފައިވާ މަގުތަކުގެ ހަނަފަސްކަން ކަނޑުވައި މަގުތައް ޒީނަތްތެރި ކުރުންކަމަށާއި ގަސްތަކުން ލިބޭ ސިއްހީ އަދި ތިމާވެށިގެ ފައިދާތައް ރައްޔިތުންނަށް ލިއްބައިދިނުންވެސް މި ހަރަކާތުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ.

މަގުތަކުން އަރައި ހިރަފުސް ކޮންޓްރޯލް ކުރުމާއި، ރަށުތެރެ ފިނި ކޮށްދިނުމާއި، ހޫނުގަދަވުމުގެ ސަބަބުން މަގުތައް ބޭނުން ކުރަން އުނދަގޫވާފަރާތްތަކަށް ފަސޭހަކޮށްދިނުމަކީވެސް މިހަރަކާތުގެމަޤްސަދެއް، ގަހާއި ހިޔާނެތުމުގެ ސަބަބުން ދުއްވާ އެއްޗެއްހީގައި އުޅެން ޖެހުމަކީ ހެލިފެލިވެ އުޅުމަށް ހުރަސްއެޅޭ ކަމެކެވެ. މިގޮތަށް ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި އޮތުމުގެ ސަބަބުން ދިވެހިރާއްޖޭގައި ގައިންގަޔަށް ނާރައި ބަލިތައް އަދި ދިރިއުޅުމުގެ ނެދެވޭ އަދަކާދަތަކާއި ގުޅިފައިވާ ބަލިތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންކަމަށާއި މަގުތަކުގައި ހިޔާލިބޭ ގަސްއިންދުމަކީ މިފަދަ އެތައް މައްސަލަތަކުން ސަލާމަތް ވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމުގައި އެކައުންސިލުން ބުނެފައިވެއެވެ.

ސިއްހީ ފައިދާތަކުގެ އިތުރުން ގަސްތަކުން އިޖްތިމާއި އަދި އިގްތިޞާދީ ފައިދާތައްވެސް ލިއްބައިދެއެވެ. ހޫނުގަދަ ވުމުގެ ސަބަބުން ފިނިކުރުމަށް ކުރަންޖެހޭ ޚަރަދުކުޑަ ކުރުމަކީވެސް ގަސްއިންދުމުގެ ތެރެއިން ހޯދިދާނެ ފައިދާއެއް، މިއަދު އިންދިގެން ދިޔަގަސްތައް ބެލެހެއްޓުމުގައި ހުރިހާ ރައްޔިތުންގެވެސް ފަރުދީ ޒިންމާ އަދާކޮށް އެގަސްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މިފަދަ ފައިދާތަކަށް ވާސިލްވުމަށް ކޮންމެހެން ބޭނުންކަމެއް ކަމުގައި މިފުރުސަތުގައި ފާހަގަކުރަން.

ކުޅުއްފުށީކައުންސިލުން މީޑިޔާއަށް މަޢުލޫމާތުތު ދެމުން ބުނެފައިވެއެވެ.

މިހަރަކާތް ކުޅުދުއްފުށީގައި މިހާފުޅާކޮށް ފަސޭހަ ކަމާއިއެކު ހިންގުނީ ކުޅުދުއްފުށީގެ ގިނަ މުއައްސަސާތެކެއްގެ އެއްބާރުލުން މިކަމަށް ލިބިގެން ދިއުމުގެ ސަބަބުންކަމަށާއި މީގެތެރޭގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ކުޅުދުއްފުށީގައި ޤާއިމްކޮށްފައިވާ އެހެނިހެން މުއައްސަސާތައްވެސް ހިމެނޭކަމަށާއި މިހަރަކާތް ހަޤީގަތަކަށް ހަދައިދިން މުއައްސަސާތަކަށް ކުޅުދުއްފުށި ކައުންސިލްގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް ވަނީ އަދާކޮށްފައެވެ.

ހިޔާލިބޭ ގަސް ގިނަކޮށް ހިގާފައި އުޅެފިނަމަ ދިރިއުޅުމުގެ ނޭދެވޭ އަދަކާދަތަކާއި ގުޅިފައިވާ ގައިން ގަޔަށް ނާރައި ބަލިތައް މަދު ކުރެވޭނެ، ރަށް ހޫނު ވުމުގެ ސަބަބުން ފިނި ކުރުމަށް އެތައް ހޭދައެއް ކުރަންޖެހޭ، މަގުތަކުގައި ގަސްއިންދައިގެން ރަށް ފިނިކޮށް ބާއްވައި ހަކަތައަށް ކުރާ ހަރަދުވެސް ކުޑަ ކުރެވޭ، ހޫނު ގަދަވުމުގެ ސަބަބުން މީހުންގެ އުފެއްދުން ތެރިކަމަށްވެސް ބުރުއަރައި، އަވަހަށް ވަރުބަލިވުމާއި، އަރާމު ނިދި ނުލިބުމަށް ކުރިމަތިވޭ. ކުޑަކުދިން އަދި ސުކޫލް ދަރިވަރުންގެ ހެދި ބޮޑުވުމަށްވެސް ހުރަސްއެޅޭ، އިންދާ ގަސްތައް ބެލެހެއްޓުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ، އިންދިގަސްތައް ފެންދީ ބަލަހައްޓުމުގެ މަސަތްކަތް މުއައްސަސާތަކުން ވަރަށް ފުރިހަމައަށް ކުރާނެ ކަމަށް އުންމީދު ކުރަން
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ވިދާޅުވެފައިވެއެވެ.