ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް، އެ ރަށްރަށުގައި ހުރި މުހިންމު ތަންތަނަށް ޒިޔާރަތްކޮށް އަދި ފަންނުވެރިންނާއި ބައްދަލުކޮށް ހާއްސަ ކަންކަމާއިގުޅޭ މަޢުލޫމާތު އެއްކޮށް ފޮޓޯނަގައި ވީޑިއޯ ކުރުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ. އެކަމަށް ބޮޑު ޝަޢުޤަކާއި އެތައް ވަގުތަކާއި އެތައް ހަކަތައެއްގެ އިތުރުން ނުގުޑާފަދަ އަޒުމަކާއި އެތައް ފައިސާއެއް ބޭނުންވާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

މުޅިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަން ޒުވާން މަސްވެރިޔާ ހަސަން ސާޖިން މިހާރު ފަށާފައިވާ، ރާއްޖޭގެ އުތުރުން ދެކުނަށް ބޮޑު ދަތުރުގައި އޭނާ ވަނީ އެންމެ އުތުރުގައި އޮންނަ ހއ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަށް ދަތުރުކޮށް އޭނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ހިތްގައިމު އެހާމެ މުހިންމު ރިޕޯޓްތަކެއް ގެނެސްދީފައެވެ.

Ad
rt

މިހާރު ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މުހިންމު މަޢުލޫމާތުތައް ޒުވާން މަސްވެރިޔާގެ ޔޫޓިއުބް ޗެނަލުން ފޯކޭ ވީޑިއޯ ކޮލެޓީގައި ސަބްޓައިޓަލްއާއިއެކު ބަލައިލެވޭނެއެވެ.

ސާޖިން ބުނެފައިވާ ގޮތުގައި މި ދަތުރު އެއްކޮށް ނިމޭއިރު ޒުވާން މަސްވެރިޔާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ މަސްވެރިކަމުގެ މިހާރުގެ ހާލަތު ވަރަށް ފުރިހަމައަށް ފެނިގެންދާނެއެވެ.

ޒުވާން މަސްވެރިޔާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ރާއްޖޭގެ ރަށްރަށުގައި ހުރި އާސާރީ ތަންތަނުގެ މަޢުލޫމާތައި ގުޅޭ ވީޑިއޯ ރިޕޯޓްތަކާއި، ރަށްރަށުގައި ހުރި ހާއްސަ ކެއުންތައް ތައްޔާރު ކުރާނެ ގޮތުގަ ތަފްސީލީ ވީޑިއޯ ރިޕޯޓްތަކާއި، ރަށްރަށުގައި ތިބި ތަފާތު ހުނަރުވެރިންގެ މަސައްކަތްތަކާއި އެ މީހުންގެ ތަފްސީލީ މަޢުލޫމާތާއި ވީޑިއޯތަށް ފެނިގެންދާނެއެވެ.

ކުރިއަށް އޮތް ޖީލުތަކަށް ދެމިގެންދާނެ މި ބޭނުންތެރި މަސައްކަތަކީ ދިވެހިރާއްޖެއާއި ގުޅޭ ގިނަ މަޢުލޫމާތު އެއްތަނަކުން ބަލައިލުމަށް ސަބްސްކްރައިބް ނުކޮށް ދޫކޮށްލާވަރަށް ވުރެ މާ މުހިންމު ބޭނުންތެރި ޔޫޓިއުބް ޗެނަލް އެއްކަމުގައި ފާހަގަ ކޮށްލަން ޖެހެއެވެ.