ހއ. ދިއްދޫގައި ތަރައްޤީކުރަމުންދާ ޖޫނިއަރ ކޮލެޖާއި ރ. އަލިފުށީގައި ތަރައްޤީކުރަމުންދާ ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރުގެ ބައެއް މަޤާމުތަކަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ދެ ތަނުގެ ޕޯސްޓް ކޮންސްޓްރަކްޝަން ސްޓޭޖުން އޮޕަރޭޝަނަލް ސްޓޭޖަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އިންސްޓިޓިއުޓް އެކަށީގެންވާ ފެންވަރަކަށް ހިންގުމަށް ދެ މެނޭޖަރުން ނެގުމަށް އިޢުލާނު ކޮށްފައިވާ ކަމަށެވެ. އަދި މި އިއުލާން ކުރީ މިދިޔަ ހަފްތާގައި ކަމަށެވެ.

Ad
rt

އެ މިނިސްޓްރީން ބުނީ މި މެނޭޖަރުންގެ މައިގަނޑު މަސައްކަތަކީ މިތަންތަން ހުޅުވުމަށްޓަކައި ޕްރީ އޯޕަނިންގ ސްޓޭޖުގައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގައި މޮނިޓަރ ކުރުމާއި އޮޕަރޭޝަނަލް ޕްލޭނެއް ތައްޔާރުކޮށް ތަންފީޒުކުރުން ކަމަށެވެ. އަދި އިންސްޓިޓިއުޓްގެ މަސައްކަތް ދުވަހުން ދުވަހަށް ހިންގުމާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުން ކަމަށެވެ.

މީގެ އިތުރުން ފަންނީ ލަފާ ފޯރުކޮށްދިނުމާއި މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާހައުލެއް ގާއިމްކޮށްދިނުމާއި އިންސްޓިޓިއުޓްގެ އިދާރީ ހިންގުމުގެ މަސައްކަތްތަކާއި ކިޔަވައިދިނުމުގެ އެންމެހައި ކަންކަން ހިންގާ ބެލެހެއްޓުން ވެސް ވަނީ ހިމަނާފައެވެ.

މި ދެ މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 23 މޭ ގެ 13:30 އެވެ.

މީގެ އިތުރުން މި ދެ އިންސްޓިޓިއުޓަށް އެޑްމިން އޮފިސަރުން ނެގުމަށް ވެސް މިހާރުވަނީ އިޢުލާނު ކޮށްފައެވެ.

އެޑްމިން އޮފިސަރުންގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 28 މޭ ގެ 13:30 އާއި ހަމައަށް ހުޅުވާލާފައިވާއިރު، މި މަގާމުތަކަށް ހޮވޭ ފަރާތްތަކުން ފުރަތަމަ 4-6 ހަފްތާގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހަޔަރ އެޑިޔުކޭޝަން ގައެވެ. އަދި އިންސްޓިޓިއުޓްގެ ވޯރކް އޭރިއާ ސެޓަޕް ނިމުމާއެކު މަސައްކަތްތައް އިންސްޓިޓިއުޓުގެ އިމާރާތަށް ބަދަލުވެގެން ދާނެއެވެ.