ހއ. ހޯރަފުށީގެ އުތުރު ފަރާތް ގިރަމުންދާއިރު އަދިވެސް އެކަމަށް ހައްލެއް ނުލިބެއެވެ. މިހާރު މޫސުމް ގޯސްވުމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ ވަނީ އިތުރަށް ބޮޑުވެފައެވެ.

ރަށްގިރުމުގެ ސަބަބުން ހޭޅިފަށުގައިވާ ގަސްތައްވެސް ވަނީ މޫދަށް ވެއްޓިފައެވެ. މި މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ތަކުރާރު ކޮށް ޓްވިޓާގައި މި ވާހަކަ ހިއްސާކޮށްފައިވީ ނަމަވެސް އަދިވެސް މި މައްސަލައަށް ވަގުތީ ހައްލެއްވެސް ވަނީ ނުލިބިފައެވެ.

ރަށްގިރުމުގެ މައްސަލަ އަކީ ރާއްޖޭގެ ވަރަށްގިނަ ރަށްތަކަށް ކުރިމަތިވާ ބޮޑު މައްސަލައެކެވެ. އެހެންނަމަވެސް މިއީ އެކަށީގެންވާ ހައްލެއް ލިބިފައިނުވާ މައްސަލައެކެވެ.