އަބޫދާބީގެ ވަލީއަހުދު، ޝެއިޚް މުހައްމަދު ބިން ޒައިދު ބައިވެރިވެ ވަޑައިގެންނެވި ރަސްމީ ހަފްލާއެއްގައި ކުޑަ އަންހެން ކުއްޖަކުއާ ސަލާމް ނުކުރެއްވެވުމުން އެކުއްޖާގެ ގެއަށް ވަލީއަހުދު ވަޑައިގަންނަވައިފިއެވެ.

އައިޝާ މުހައްމަދު މަޝީތު އަލް މަޒްރާއޯ ނަމަކަށް ކިޔާ މި ކުޑަ އަންހެން ކުއްޖާ ސަލާމް ކުރަން އަތްދިކޮށްލި ނަމަވެސް ވަލީއަހުދު އަށް އެތަން ނުފެނި ސަލާމް ނުކުރެވި ދެވުނީއެވެ. މި މަންޒަރު ވީޑިއޯއަށް އަރައި އެވީޑިއޯ ވައިރަލް ވެގެން ދިޔައެވެ. މި ރަސްމިއްޔާތުގައި ވަލީއަހުދުގެ އަރިހުގައި ސައުދީގެ ޑެޕިއުޓީ ބޮޑު ވަޒީރާއި ޑިފެންސް މިނިސްޓަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

ޚަބަރުތައް ރިޕޯޓް ކުރާގޮތުގައި، މި ވީޑިއޯ ވައިރަލްވެގެން ދިއުމާއެކު އެކަން ވަލީއަހުދަށް އެނގިވަޑައިގެންނެވިއެވެ. އަދި އައިޝާ އާއި ބައްދަލު ކުރުމަށްޓަކައި އެގެއަށް ވަޑައިގެންނެވިއެވެ.

ވަލީއަހުދު ޝައިޚް ބިން ޒައިދު ވަނީ އައިޝާގެ ގެއަށް ވަޑައިގެން އޭނާގެ އާއިލާއާ ވެސް ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގެ ފޮޓޯތަކެއް ވަލީއަހުދު ވަނީ އެބޭފުޅާގެ ޓްވިޓާ އެކައުންޓްގައި ޕޯސްޓް ކޮށްފައެވެ. މި ފޮޓޯ ތަކުގައި އެމަނިކުފާނު އެ ކުޑަ އަންހެންކުއްޖާގެ ނިތްކުރިއަށް ބޮސްދެއްވައެވެ. އަދި އައިޝާ އާއި ބައްދަލުވެވުނީތީ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިޒިޔާރަތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު، ގިނަ ބަޔަކު ވަނީ އެކުއްޖާ އުފާކޮށްދެއްވުމަށް ވަލީއަހުދު ކޮށްދެއްވި ކަންތަކަށް ތައުރީފް ކުރައްވާފައެވެ.