ރާއްޖެ ކައިރީ ބާރުގަދަ ތިން ކޮޅިގަނޑު އުފެދިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖެ ކައިރީގައި ބާރުގަދަ ތިން ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި، އޭގެ ތެރެއިން ރާއްޖޭގެ އުތުރުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވެ ހުޅަނގު އުތުރަށް ޖެހެމުންދާނެ ކަމަށާއި ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވެ، ހުޅަނގު އުތުރަށް ޖެހެމުންދާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 36 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވެ ހުޅަނގު ދެކުނަށް ޖެހެމުން ދާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ. ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީވެ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުން އެދެން.
މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ތިން ކޮޅިގަނޑުވެސް ދަތުރުކުރަމުންދަނީ ރާއްޖެއާ ދުރަށް ކަމަށެވެ.
Alert White for heavy rain and thunderstorms pic.twitter.com/HDGNqHwZKz
— Maldives Meteorology (@MetMaldives) December 4, 2019
ރާއްޖެ ކައިރީ އުފެދުނު ކޮޅިގަނޑުތައް ތޫފާން ތަކަކަށް ބަދަލުވާނެކަމަށް ލަފާކުރެވިފައިވާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށްވެސް ދަނީ ވިއްސާރަ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!