މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި މިއަދު ހަވީރު 17:00 ގައި ވޯޓު ބަންދު ކުރުމާއި ހަމައަށް 2755 މީހުން ވޯޓުލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރެއްވި މައުލޫމާށް ބަލާއިރު، މިއަދު 16:00 އާއި ހަމައަށް ވޯޓު ލާފައި ވަނީ 2672 މީހުންނެވެ.
މިއަދުގެ ވޯޓު ކުރިއަށް ގެންދަން ކުރިން ހަމަޖައްސާފައި އޮތީ ވެސް 16:00 އާއި ހަމަށެވެ. ނަމަވެސް ވޯޓްލުން ކުރިއަށް ގެންދަން ކުރިން ހަމަޖެއްސި ވަގުތުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހަވީރު 17:00 އަށް ވޯޓުލާ ވަގުތު އީސީން ދަންމާލިއެވެ. މި އެއްގަޑިއިރުގެ ތެރޭގައި 83 މީހަކު ވޯޓު ލާފައިވާއިރު، އީސީން ހާމަކުރެއްވި ގޮތުގައި މި އިންތިޚާބުގެ ވަގުތު ހަމަވިއިރު 2755 މީހުން ވަނީ ވޯޓު ލާފައެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 3،423 މީހުންނެވެ.
މި އިންތިޚާބުގައި ވޯޓުފޮށިތައް ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ 18:30 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!