މިއަދު ރޯދަ ވީއްލަން ޗޮކުލެޓު އައިސްކްރީމް ކޭކެއް ހަދަމާ ހިނގާށެވެ.
ރޯދަވީއްލާ ގަޑިއަށް ނުވަތަ ތަރާވީސް ގަޑިއަށް ވެސް ވަރަށް ކަމުދާނެ އެވެ. ފިނިކޮށްފައި އަދިވަރަށް މީރުވާނެ އެވެ.
ބޭނުންވާތަކެތި
އާދައިގެ ކޭކުފުށްޕެކެޓަކުން ފިހެފައިވާ ޗޮކުލެޓު ކޭކެއް
1 ލ ފުލްކުރީމް މިލްކު
l ލ އައިސްކްރީމް (ޗޮކުލެޓް ނުވަތަ ވެނީލާ)
100ގ ބަޓަރ
2 ސ ކޮކޯ
1 ދަޅު ގެރިކިރު
1 ސ ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް
ކްރީމް ތައްޔާރު ކުރަން ބަޓަރ ކޮޅު ހޫނުކޮށްލާފަ މިލްކު، ކޯންފްލާ، ގެރިކިރު އެއްކޮށް މިކުސް ކޮއްފަ އޮލަވަންދެން ކައްކާލާށެވެ. އޮލަވީމަ އެސެންސް އަޅާފައި އުނދުން މަތިން ބާލާށެވެ. އެއަށްފަހު އައިސްކްރީމް ތަށީގެ އެއްބައި އަޅާފަ މިކުސް ކޮށްލާނީ އެވެ.
ފިހެފަ އޮތް ކޭކު ރޫޅާލާފަ ޓުރޭ އެއްގަ ލޭޔާއެއް އަޅާލާފަ މައްޗަށް ކްރީމް ލޭޔާއެއް އަޅާލާފަ އަނެއްކާވެސް ކޭކު ލޭޔާއެއް އަދި ކްރީމް ލޭޔާއެއް އަޅާލާފަ މައްޗަށް ބާކީ ހުރި އައިސްކްރީމް ކޮޅު ފަތުރާލާނީ އެވެ. (ކޭކު ލޭޔާ އަޅާއިރު ކޭކު ނުފިތާ މަޑުކޮށް ހުންނަ ގޮތަށް އަޅާނީ) 2ގަޑި އިރު ފްރިޖް ކޮއްލީމަ ހުންނާނީ ތައްޔާރުވެފަ އެވެ.
ބޭނުން ކަމައް ވާނަމަ ކޭކު މައްޗައް ޗޮކުލެޓު ގާނާލާފަވެސް އެޅިދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!