މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ބުނާ ކަށަވަރުކަން ދޭ ވަރަށްވުރެ އެ ޕާޓީގެ ސައިޒު ކުޑަކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
އެމްއާރުއެމް އަކީ މިހާރުގެ ވެރިކަން ކުރާ ކޯލިޝަންގެ ވެސް ބައިވެރިއެކެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މިހާރު ވެސް ވެރިކަން ހިންގަމުން އަންނަ ކޯލިޝަން ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެކު ކުރިއަށް ދިޔުމަށް އެމަނިކުފާނު ވަނީ ކޯލިޝަންގެ ބައިވެރިންނަށް ސިޓީ ފުޅެއް ފޮނުއްވާފައެވެ. އެ ސިޓީފުޅާއި ގުޅިގެން މަޝްވަރާ ކުރުމަށް އެމްއާރުއެމްގެ އިސްވެރިންނާއި، ރައީސް ޞާލިޙާއެކު ވަނީ މިއަދު ބައްދަލުވުމެއް ބާއްވާފައެވެ.
މިފަދަ ބައްދަލުވުމެއް ބާއްވާފައި ވަނިކޮށް، ރައީސް ޞާލިޙްގެ ފަޅީގައި ހުންނެވި މެންބަރު ޝަރީފް މީސް މީޑިއާއަށް ދޫކޮށްލެއްވި ޓްވީޓެއްގައި ވަނީ އެމްއާރުއެމުން ބުނާ ކަށަވަރުކަން ދޭނެގޮތެއް އޮންނާނެހެން ހީނުވާކަމަށް ވިދާޅުވެފައެވެ.
''ސަރުކާރުގެ 25 އިންސައްތަ ދީގެން 2018 ގައި ކޯލިޝަން ހެދިޔަސް މިއަދު އެ ޕާޓީގެ ސައިޒް ނެތްކަން ފެންނަން އެބައޮތް، ވީމާ ކޮންމެވެސް އެއްގޮތަކަށް ކޯލިޝަން ހަދަން ނުވަތަ ނުހަދަން ނިންމަން އެބަޖެހޭ، ދިގު ދައްމާކަށް ވަގުތެއް ނެތް'' ޝަރީފް ވިދާޅުވެފަވެއެވެ.
MRM in bunaa kashavaru kameh dheyne gotheh onnaane heneh hiyeh nuveyey. Sarukaaru ge 25% dheegen 2018 ga coalition hedhiyas miadhu e partyga e size neikan fennan eba oi. Veemaa komme ves eh gothakah coalition hadhan nuvatha nuhadhaan nimman eba jehey.Dhigu dhammaane vagutheh nei
— Ibrahim Shareef (@AdduShareef) March 19, 2023
ޝަރީފް އިތުރަށް ވިދާޅުވެފައި ވަނީ ''އެމްއާރުއެމް އިން ވެސް މާ ހާސަރު ދަމާނެ ކަމެއް ނެތް ކަމަށާއި، އެމްޑީޕީއާއެކު ކޯލިޝަން ހަދަން ބޭނުން ނެތިއްޔާ އެވާހަކަ ބުނެފައި ކޯލިޝަނުން ވަކިވީމަ ނިމުނީ'' ކަމަށެވެ.
އައު ކޯލިޝަނަކާއެކު އައު ދައުރަކަށް ރައީސް ޞާލިޙް ކަމަރު ބަންނަވާފައިވާއިރު، މިއަދު އެމްއާރުއެމްގެ އިސްވެރިންނާއި، ރައީސް ޞާލިޙާއެކު ކުރިއަށް ގެންދެވި މަޝްވަރާއާއި ގުޅިގެން އެމްއާރްއެމްއިން ވަނީ މިއަދުގެ ބައްދަލުވުމުގައި ކޯލިޝަން ހެދުމާއި މެދު ވަކި ގޮތެއް ނިންމިފައި ނުވާކަމަށް ބުނެފައެވެ.
މިއަދު އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް އިތުރު މަޝްވަރާތައް ހިންގާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!