ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ވިލިމާލެއިން އުމުރުން 13 އަހަރުގެ އަންހެން ކުއްޖާ ފެނުނީ ހުޅުމާލެއިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

Ad
rt

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ.

އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މާރިޗު މަހުގެ 18 ވަނަ ދުވަހުގެރޭ 1:33 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގެ ބައެއް މަސްދަރުތަކުގައި ވާގޮތުން ގެއްލިގެން ހޯދީ، ޒޯޔާ ކިޔާ ކުއްޖެކެވެ.