ހދ.ކުޅުދުއްފުށީ (ހިރަފުސް) ފުޓްބޯޅަދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ.
މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ.
މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރުމުގައި ބެލުމަށް ހަމަޖެހިފައި ވަނީ ފާއިތުވި ފަސް އަހަރުތެރޭ މި ބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އެ މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ ރިފަރެންސް ލެޓާތަކަށެވެ.
ކޮންމެ ފަރާތަކަށް ވެސް އެއް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 10000 (ދިހަހާސް) ރުފިޔާ ހުށަހަޅަން ޖެހެއެވެ.
މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން ފެބްރުއަރީ މަހުގެ 06 ވާ ހޯމަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގޭ 3 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.
ކުޅުދުއްފުށީ ހަތަރު ފުޓްބޯޅަ ދަނޑު އޮވެއެވެ. އެއީ ސްޓޭޑިއަމް ދަނޑާއި، ޒިގްޒެގް ދަނޑާއި، ކޮރަލް ދަނޑުގެ އިތުރުން ހިރަފުސް ދަނޑެވެ. ޒިގްޒެގް ދަނޑު މިހާރު ސަރުކާރުން ވަނީ ޓާފް އަޅައިގެން ތަރައްޤީ ކޮށްފައެވެ. ހިރަފުސް ދަނޑުގައި ޓާފް އަޅަން ޔޫތު މިނިސްޓްރީން މިދިޔަ އަހަ
މަޢުލޫމާތު ޝީޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/113925.pdf
ކުރެހުން: https://storage.googleapis.com/gazette.gov.mv/docs/iulaan/113924.pdf
އަގުފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/113926.docx
ބީއޯކިއު: https://storage.googleapis.com/gazette.gov.mv/docs/iulaan/113927.xlsx
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!