އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް، ނޫނެކޭ ވިދާޅުވެ އިސްރާއީލުން ފްރާންސް އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔައެލް ޖާމަން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ބައިނަލް އަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި އިސްތިއުފާގެ ސިޓީ މިހާރުވަނީ ނަތަންޔާހޫ ފޮނުއްވާފަ އެވެ. އެ ސިޓީގައި ވިދާޅުވެފައިވަނީ، ނަތަންޔާހޫ އެކުލަވާ ލެއްވި އާ ސަރުކާރަކީ ހަރުކަށި ސަރުކާރެއް ކަމަށެވެ. އަދި އެ ސަރުކާރު ތަމްސީލު ކުރެއްވުމަަށް އޭނާގެ ޒަމީރު އެއްވެސް ވަރަކަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެއެވެ.

Ad
rt

މީގެ އިތުރުން ނަތަންޔާހޫގެ ސަރުކާރަކީ، ސައްހަ ސަރުކާރެއް ނޫން ކަމަށާއި އެ ސަރުކާރުގައި ހިމެނޭ ވަޒީރުންގެ ހަރުކަށިކަން އާންމު މަސްހަލަތާ ވަރަށް ބޮޑަށް ފުށުއަރާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ނޫސްތަކުގައި ވެއެވެ.

އިސްރާއީލްގެ ބޮޑުވަޒީރުގެ މަގާމަށް ނަތަންޔާހޫ އަނެއްކާ ވެސް އިންތިހާބުވީ ގާނޫނު ހަދާ މަޖިލީހުން 63 ގޮޑި ހޯއްދަވައިގެންނެވެ. އެއީ 120 ގޮޑި ހިމެނޭ މަޖިލީހުގެ އަޣުލަބިއްޔަތަށް ވުރެ ވެސް މަތީ އަދަދެކެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ގައުމުގައި ބޭއްވި ފަސްވަނަ އިންތިހާބު، ނަތަންޔާހޫ ކާމިޔާބު ކުރެއްވިއިރު، އިންތިހާބުގައި އާބާދީގެ 71 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އެގައުމުގެ އިދާރާތަކުން ވަނީ ބުނެފައެވެ. އަދި މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ވޯޓުލީ އިންތިހާބު ކަމަށް ވެސް ބުނެފައި ވެއެވެ.