އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކް ހޯދާފައިވާ ކުކުޅު ބިހެއްގެ ފޮޓޯ ފަހަތަށް ޖައްސާލުމަށްފަހު، އިންސްޓަގްރާމްގެ ތާރީހުގައި ވެސް އެންމެ ގިނަ ލައިކް ހޯދި ފޮޓޯގެ ރެކޯޑު ލިއޮނަލް މެސީ ވޯލްޑްކަޕްގެ ތަށި އުފުލާލާ ފޮޓޯ އަށް ލިބިއްޖެ އެވެ.

މީގެ ކުރިން އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކް ހޯދާފައިވަނީ ކުކުޅު ބިހެއްގެ ފޮޓޯ އަކަށެވެ. އެއީ 56.1 މިލިއަން ލައިކްސް އެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާ ފްރާންސް ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ތަށި އުފުލާލާ ފޮޓޯއަށް މިވަގުތާއި ހަމައަށް 60,124,312 (ފަސްދޮޅަސް މިލިއަން އެއް ލައްކަ ސައުވީސް ހާސް ތިންސަތޭކަ ބާރަ) ލައިކްސް ލިބިފައިވެއެވެ.

Ad
rt

ފޯރިގަދަ ޕެނަލްޓީ ޝޫޓްއައުޓް މޮޅަށް ފަހު، ޕީއެސްޖީގެ ތަރި ވަނީ ގަތަރުގައި ކުރިއަށްދިޔަ އުފާފާޅުކުރުމުގެ 10 ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

މެސީ އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމްގައި ދެވަނައަށް އެންމެ ގިނަ މީހުން ފޮލޯ ކުރާ ފަރާތެވެ. ވޯލްޑް ކަޕްގެ ކާމިޔާބީއަށްފަހު މެސީ އަށް ފޮލޯ ކުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު އެއަދަދު ވަނީ 402 މިލިއަން ފޮލޯވަރުން ފަހަނައަޅައި ގޮސްފަ އެވެ.

View this post on Instagram

A post shared by Leo Messi (@leomessi)

އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވާރސް ލިބިފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. އޭނާގެ ފޮލޯވަރުންގެ އަދަދު 519 މިލިއަނަށްވުރެ ގިނަ އެވެ. ގަދަ 10 ގެ ތެރޭގައި ހިމެނޭ ހަމައެކަނި ދެ އެތުލީޓުންނަކީ ވެސް މިދެ ކުޅުންތެރިންނެވެ.

View this post on Instagram

A post shared by Egg Gang (@world_record_egg)


56.1 މިލިއަން ލައިކްސް އާއި އެކު 'ލައިކްސް' ގެ ރެކޯޑް އިއްޔެ އާއި ހަމައަށް އޮތީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ކުކުޅު ބިހެއްގެ ފޮޓޯއެއް އަޕްލޯޑް ކުރި ކްރިސް ގޯޑްފްރީގެ އަތުގަ އެވެ. "ވޯލްޑް ރެކޯޑް އެގް" ގެ މަގުސަދަކީ އޭރު އެންމެ ގިނަ ލައިކް ލިބުނު އިންސްޓަގްރާމް ޕޯސްޓް ކަމަށްވާ ކައިލީ ޖެނަރގެ އަންހެން ދަރިފުޅުގެ ފޮޓޯއަށް ލިބިފައިވާ ރެކޯޑު މުގުރާލުމެވެ.