ވިލުން' ޕްރޮގްރާމްގެ ދަށުން، ހއ. އަތޮޅު ހޮސްޕިޓަލަށް ޓީވީ ހަވާލުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މިއީ އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދަން، ހޮސްޕިޓަލް/ކްލިނިކްތަކަށް ދާ ރައްޔިތުންނަށް ހާއްސަކޮށްގެން، އާސަންދަ ކުންފުނިން ފެއްޓި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ.

Ad
rt

'ވިލުން' ޕްރޮގްރާމުގެ ދަށުން، ހއ. އަތޮޅު ހޮސްޕިޓަލަށް ޓީވީ ހަވާލުކުރުމުގެ އެމްއޯޔޫގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއެ ކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އިބްރާހީމް ރަޝީދެވެ. އެ ހޮސްޕިޓަލު ފަރާތުން ސޮއެކުރެއްވީ ހޮސްޕިޓަލުގެ މެނޭޖަރ، ހެލްތް ސަރވިސަސް، އާދަމް ނަސީރެވެ.

މި ޓީވީއަކީ ކޮންމެ ހޮސްޕިޓަލެއްގެ ވެސް އޯޕީޑީ ވެއިޓިން އޭރިއާގައި އާސަންދަ ސްކީމާއި އާންމު ސިއްހަތާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓު އެޅުވުމަށް ހަދިޔާކޮށްފައިވާ ޓީވީއެވެ.

މީގެ އިތުރުން ހޮސްޕިޓަލުގެ މަސައްކަތްތަކާއި ހިދުމަތްތަކާ ގުޅޭގޮތުން ހިއްސާކުރަން ހޮސްޕިޓަލުތަކުން ބޭނުންވާ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވެސް މި ޓީވީތައް ދަނީ ބޭނުންކުރަމުން ނެވެ.

'ވިލުން' ޕްރޮގްރާމްގެ ދަށުން، ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލުތަކަށް ޓީވީ ހަދިޔާކުރުމުގެ ފުރަތަމަ ބުރުގައި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަނީ ޓީވީ ހަދިޔާ ކޮށްފަ އެވެ.

ހަމަމިއާއެކު ގަމު ރީޖަނަލް ހޮސްޕިޓަލާއި ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ވެސް ޓީވީ ހަދިޔާކޮށްފައި ވެއެވެ.