މިދިޔަ އަހަރު ގއ. މާމެންދޫގައި އަހުމަދު އުދައްޔުގެ މަރާލުމުގައި ބައިވެރިވި ކުޑަކުއްޖާ 25 އަހަރަށް ޖަލަށްލައި، އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔަ ދައްކަން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.

ގްރޫޕް މަރާމާރީއެއްގައި އުދައްޔުއަށް ހަމަލާދީ މަރާލުމުގެ އިތުރުން އުދައްޔުގެ ބޭބެއަށް ހަމަލާދިން ކަމަށް ބުނެ ދައުލަތުން ދައުވާކުރި 17 އަހަރު މީހާގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވިޔަސް، އޭނާގެ މައުލޫމާތު ގާނޫނު އޮންނަ ގޮތުން އޮތީ ސިއްރުކޮށްފަ އެވެ.

Ad
rt

ޖުވެނައިލް ކޯޓުން އެ މައްސަލާގައި އިއްޔެ ހުކުމްކުރީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގައި 18 އަހަރާއި 9 މަހަށް ޖަލަށްލުމަށާއި އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔައެއް އެއް އަހަރުގެ ތެރޭގައި ދެއްކުމަށެވެ. އަދި ކައްފާރާގެ ގޮތުން ދެ މަސް ދުވަހު ރޯދަ ހިފަން ހުކުމްކުރި އެވެ.

ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި ހުކުމްކުރީ ހަ އަހަރާއި އަށް މަހަށް ޖަލަށްލުމަށެވެ. އޭނާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، އޭނާ ބަންދުކުރަން ޖެހެނީ ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގަ އެވެ.

އުދައްޔުގެ މަރާ ގުޅިގެން އިތުރު ތިން މީހަކަށް ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. އެ މައްސަލަ އަދި ނުނިމެ އެވެ