ހދ ކުރިނބީ އިން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓު ކުރިނބީ ކައުންސިލުން އާންމު ކޮށްފިއެވެ.
ގޯއްޗަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތްވެސް ވަނީ އާންމުކޮށްފައެވެ. ޖުމްލަ 55 ފަރާތަކުންވަނީ ގޯއްޗަށް އެދި ހުށައަޅާފައިވާއިރު މީގެ ތެރެއިން ގޯތި ލިބިފައިވަނީ 32 ފަރާތަކަށެވެ. ގޯތި ލިބިފައިވަނީ 47 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށެވެ.
5 ފަރާތަކަށް 47 ޕޮއިންޓު ލިބިފައިވުމުން އެފަރާތް ތަކުގެ މެދުގައިވަނީ ގުރުއަތުލާފައެވެ. އެއީ ދޫކުރުމަށް ނިންމާފައިވަނީ 32 ގޯއްޗަށްވެފައި 48 ޕޮއިންޓުން މަތީގައި 30 ފަރާތަކުން އުޅޭތީވެ ބާކީ އޮތް 2 ގޯތި ދޭނެ ފަރާތެއް ނިންމުމަށެވެ.
ކުރިނބީގައި ގޯތި ދޫކުރުމަށް މަސައްކަތް ވޭތުވެދިޔަ ކައުންސިލުން ފެށިއިރު މިކަމަށް މަސައްކަތް ކުރާތާ 4 އަހަރު ވަނީ ވެފައެވެ. އެކިކަހަލަ ކަންކަމާއިހުރެ ގޯތި ދޫނުކުރެވި ލަސްވެފައިވެއެވެ. އެންމެ ފަހުން ކުރިނބީ އިން ގޯތި ދޫކޮށްފައިވަނީ 2011 ވަނަ އަހަރުއެވެ. އެއަހަރު ދޫކުރީ 3000 އަކަފޫޓުގެ 37 ގޯއްޗެވެ. މިއަހަރު ދޫކުރާނީ 3000 އަކަފޫޓުގެ 32 ގޯއްޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!