މިލަންދޫ އާއި ކޮމަންޑޫއިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި
ށ. މިލަންދޫ އާއި ށ. ކޮމަންޑޫއިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ށ. އަތޮޅުގެ ދެ ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ، މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް އާންމުފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިލަންދޫ ޕޮލި...