Skip to main content
Topic Archive

#Shaviyani Milandhoo

210 Stories filed
ކަނޑިތީމުގެ އެކްޓިވް ކޭސްތައް 84 ގައި، މިލަންދޫ 21ގައި
Thiladhunmathi News

ކަނޑިތީމުގެ އެކްޓިވް ކޭސްތައް 84 ގައި، މިލަންދޫ 21ގައި

ށ. އަތޮޅު ކަނޑިތީމުން އިތުރު 6 މީހަކު ޕޮޒިޓިވްވެ އެކްޓިވް ކޭސްތައް 84 އަރައި، އެއަތޮޅު މިލަންދޫގެ އެކްޓިވް ކޭސްތަކުގެ 21އަށް އަރައިފައެވެ. ކަނޑިތީމު އެންމެފަހުން ނެގުނު 20 ސާމްޕަލްގެ ތެރެއިން 14 ސާމްޕަލްއެއް ވަނީ ނެގަޓިވްވެފައެވެ. އެރަށުން މިހާތަނަށް 814 ސާމްޕަލެއް ވަނީ ނަގާފައެވެ. ކަނޑިތީމުގައި މިވަގުތު 266 މީހެއް ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. މިހާތަނަށް 801 މީހަކު ވަނީ ހޯމް ކަރަންޓީނު ކުރެވިފައެވެ. އެރަށުން ޖުމްލަ 85 މީހުން ޕޮޒިޓިވްވިއިރު، ބަލިން ރަނގަޅުވެފައިވަނީ އެއްމެ […]

ކަނޑިތީމުން 9 މީހަކު، މިލަންދޫ 6 މީހަކު ޕޮޒިޓިވްވެއްޖެ
Raajje

ކަނޑިތީމުން 9 މީހަކު، މިލަންދޫ 6 މީހަކު ޕޮޒިޓިވްވެއްޖެ

ށ. އަތޮޅު ކަނޑިތީމުން އިތުރު 9 މީހަކު އަދި އެ އަތޮޅު މިލަންދޫއިން އިތުރު 6 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކޯވިޑްގެ ހާލަތުގެ ސަބަބުން އެ ދެރަށް ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. ކަނޑިތީމު ސިއްހީ މަރުކަޒުން ހާމަކުރެއްވި އެންމެފަހުގެ މައުލޫމާތަށް ބަލާއިރު އެރަށުން އިތުރު 9 މީހަށް މިބަލިޖެހުނުއިރު، އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 76 އަށް އަރާފައެވެ. ނަގާފައިވާ ސާމްޕަލުތަކުން ނަތީޖާ ނުލިބި ވަނީ ދެ ސާމްޕަލެކެވެ. އެރަށުން މިހާތަނަށް 794 ސާމްޕަލެއް […]

ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ޕޮޒިޓިވްވެ މިލަންދޫ މޮނިޓަރިންނަށް
Thiladhunmathi News

ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ޕޮޒިޓިވްވެ މިލަންދޫ މޮނިޓަރިންނަށް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ށ. މިލަންދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިންނަށް ގެނެސްފައި މިވަނީ، އެރަށު ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. އެރަށު ހޯމް ކަރަންޓީނުގައި ތިބި ކުޑަ ދެކުއްޖަކު ވެސް ވަނީ މިއަދު ޕޮޒިޓިވްވެފައެވެ. ކޯވިޑ-ް19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން މިލަންދޫ މޮނިޓަރިން ހާލަތަށް ގެނައީ މިއަދުގެ 18:01 އިން ފެށިގެންނެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދ...

ކަރަންޓީނު އުސޫލާއި ހިލާފްވުމުން މިލަންދޫ މީހަކަށް ބޮޑު ޖޫރިމަނާއެއް
Thiladhunmathi News

ކަރަންޓީނު އުސޫލާއި ހިލާފްވުމުން މިލަންދޫ މީހަކަށް ބޮޑު ޖޫރިމަނާއެއް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ކަރަންޓީނު އުސޫލާއި ޚިލާފްވި ށ. މިލަންދޫ މީހަކު 10 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުކޮށްފައި ހުރި އެރަށު މީހަކު އެޗްޕީއޭގެ އުސޫލާއި ޚިލާފަށް އަަމަލުކޮށްފައިވާތީ، ފުލުހުން އެމީހާ ޖޫރިމަނާ ކޮށްފަ ވާކަމަށެވެ. “މިރަށުގައި ކަރަންޓީނުގައި މީހުން ކަރަންޓީނު އުސޫލާއެއްގޮތަށް އަމަލުތައް ބަހައްޓާތޯ ފުލުހުން ބައްލަވަމުން ގެންދަވާ، މިގޮތަށް ރަށުތެރެ ޕެޓްރޯ...

މިލަންދޫން ބިދޭސިއަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

މިލަންދޫން ބިދޭސިއަކު ޕޮޒިޓިވްވެއްޖެ

ށ. މިލަންދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިލަންދޫ ސިއްޙީ މަރުކަޒުން ބުނީ، އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި 2 ބިދޭސީންކުރެ އެކަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެ މީހާ ޕޮޒިޓިވްވިކަން އެނގުނީ މިއަދު ކަމަށް ވެސް އެ މަރުކަޒުން ބުންޏެވެ. “މާސްކު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސް ކުރަން.” މިލަންދޫ ސިއްހީ މަރުކަޒުން ބުނެފަ ވެއެވެ. މިލަންދޫ މީގެ ކުރިން ވެސް ބައެއް ކޯވިޑް ޕޮޒިޓިވް […]

މިލަންދޫން 2 މީހަކު ޕޮޒިޓިވްވެއްޖެ
News

މިލަންދޫން 2 މީހަކު ޕޮޒިޓިވްވެއްޖެ

ށ. މިލަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިލަންދޫން ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑަށް ޕޮޒިޓިވްކަން ހާމަކޮށް އެރަށު ސިއްހީ މަރުކަޒުން ބުނީ އެ 2 މީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު ކަމަށެވެ. “މާސްކު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސް ކުރަން.” މިލަންދޫ ސިއްހީ މަރުކަޒުން ބުންޏެވެ. މިލަންދޫ މީގެ ކުރިން ވެސް ބައެއް ކޯވިޑް ޕޮޒިޓިވް ކޭސްތައް ފެނުނެވެ. އެ އެންމެން […]

12 ރަށެއްގައި ހޮސްޕިޓަލް އަޅަނީ
Raajje

12 ރަށެއްގައި ހޮސްޕިޓަލް އަޅަނީ

އަތޮޅުތެރޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ. ހެލްތު މިނިސްޓްރީއިން ވިދާޅުވީ، 12 ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ ޑިޒައިން އަދި ބީއޯކިއުގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ. މިގޮތުން އަލަށް ހޮސްޕިޓަލްތަރައްޤީކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ތިލަދުންމަތީގެ ހއ. އަތޮޅުގެ ރަށްތަކަކީ އިހަވަންދޫއާއި ހޯރަފުއްޓެވެ. ހދ. އިން ހަނިމާދޫ އެ ލިސްޓްގައި ހިމެނޭއިރު، ށ. އަޮޅުން މިލަންދޫ ވެސް އެ ލިސްޓްގައި ހިމެނެއެވެ. އެ ލި...

ބާރަށް މޮނިޓަރިން ހާލަތުން ނަގައިފި
Thiladhunmathi News

ބާރަށް މޮނިޓަރިން ހާލަތުން ނަގައިފި

ކޯވިޑް ކޭސްތަކަކާއި ގުޅިގެން، ހއ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެވުނުތާ 17 ދުވަސް ފަހުން އެރަށް އެ ހާލަތުން ނަގައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގާފައި ވަނީ މިރޭ އިރުއޮއްސި 18:17 ގައެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި ބުނެފައި ވަނީ، އެ ރަށް އެ ހާލަތުން ނެގީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ […]

ބާރަށް މޮނިޓަރިންގައި، މިލަންދޫން މޮނިޓަރިން އުވާލައިފި
Thiladhunmathi News

ބާރަށް މޮނިޓަރިންގައި، މިލަންދޫން މޮނިޓަރިން އުވާލައިފި

ހޯމް ކަރަންޓީނުގައި ތިބި 9 މީހަކު އެއްފަހަރާ ޕޮޒިޓިވްވުމާއި ގުޅިގެން އިއްޔެ ހއ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވާއިރު، ޕޮޒިޓިވް ކޭހަކާއި ގުޅިގެން މޮނިޓަރިންނަށްލީ ށ. މިލަންދޫން މޮނިޓަރިން އުވާލައިފިއެވެ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްފެށީ އިއްޔެއެވެ. ރޭ ވެސް އެ މަސައްކަތް ކުރިއަށް ދިޔަ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވިއެވެ. އެރަށުން ބަޔަކު ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ރެޔެއެވެ. އެ އެންމެންނަކީ ވެސް ހޯމްކަރަންޓީނު ނިންމައި، ނެގި ރިލީޒް ސާމްޕަލުން [...

މިލަންދޫން ނެގި 100 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވް
Thiladhunmathi News

މިލަންދޫން ނެގި 100 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވް

ށ. މިލަންދޫގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ އާއި އެރަށުން އިތުރު ބަޔަކާއި ބައްދަލުވެފައި ވުމުން، އެރަށުގެ ހާލަތު ވަޒަން ކުރުމަށް ނެގުނު 100 ރޭންޑަމް ސާމްޕަލް ވެސް ނެގެޓިވްވެއްޖެއެވެ. އެރަށުގައި ހޯމް ކަރަންޓީނު ފުރިހަމަކުރި މީހެއް، ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އެ ކޭހާއި ގުޅިގެން އޭނާއާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި 7 މީހެއްގެ ސާމްޕަލް ވެސް ވަނީ ނަގާފައެވެ. […]

ހޯމްކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މިލަންދޫ މީހާ، 7 މީހަކާއި ބައްދަލުވި!
Thiladhunmathi News

ހޯމްކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މިލަންދޫ މީހާ، 7 މީހަކާއި ބައްދަލުވި!

ށ. މިލަންދޫގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭނާއާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި 7 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް މިލަންދޫ ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ. އެކަން ހާމަކޮށްފައި ވަނީ އެ ސިއްޙީ މަރުކަޒުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު މެންދުރުކުރި ޕޯސްޓެއްގަ އެވެ. ”23 ފެބްރުއަރީ 2021 ވަނަ ދުވަހު، މިލަންދޫއިން ހޯމް ކަރަންޓީނު ފުރިހަމަ ކުރި ފަރާތެއް ކޯވިޑް19 އަށް ފައްސިވުމާއި ގުޅިގެން، އޭނާއާއި ޑައިރެކްޓް ކޮށްޓެކްޓުވި 7 މީހުންގެ […]

ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެ، މިލަންދޫ މޮނިޓަރިންނަށް
Thiladhunmathi News

ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެ، މިލަންދޫ މޮނިޓަރިންނަށް

ށ. މިލަންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންނަށް ލައިފިއެވެ. މިލަންދޫ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަޙްމަދު ޝިޔާމް ”ތިލަދުން”އަށް ވިދާޅުވީ، އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވިކަން އެނގުނީ އުސޫލާއެއްގޮތަށް ކަރަންޓީނު ފުރިހަމަކޮށްނެގި ރިލީޒް ސާމްޕަލުން ކަމަށް އޭނާ ވިދާޅުވިއެވެ. ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވް ވުމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ)އިން އެރަށް މޮނ...

މިލަންދޫން އެކަކު، ފޭދޫން ދެ މީހުން ޕޮޒިޓިވްވެއްޖެ
Thiladhunmathi News

މިލަންދޫން އެކަކު، ފޭދޫން ދެ މީހުން ޕޮޒިޓިވްވެއްޖެ

ށ. މިލަންދޫއިން އެކަކު އަދި އެއަތޮޅު ފޭދޫން ދެ މީހުން ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެ ދެ ރަށުން ވެސް ޕޮޒިޓިވްވެފައި ވަނީ، ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. މިލަންދޫ ކައުންސިލުން ރޭ ވިދާޅުވީ، އެރަށުން މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އެމީހާ ހޯމް ކަރަންޓީނު ފުރިހަމަ ކުރުމުން، މިމަހުގެ 23 ވަނަ ދުވަހު ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވް ވުމުން ކަމަށެވެ. އޭނާ ޕޮޒިޓިވްވުމުން އޭނާ ހުރި ގެ 14 ދުވަހަށް ކަރަންޓީނު ކުރެވިފައިވާ […]

މިލަންދޫގެ އައްޑިހަ އަހަރުން މަތީ މީހުން ކޯވިޑް ވެކްސިން ޖަހަން ހުޅުވާލައިފި
Thiladhunmathi News

މިލަންދޫގެ އައްޑިހަ އަހަރުން މަތީ މީހުން ކޯވިޑް ވެކްސިން ޖަހަން ހުޅުވާލައިފި

ށ. މިލަންދޫގައި ދިރިއުޅޭ އުމުރުން އައްޑިހަ އަހަރުން މަތީ މީހުން ތެރެއިން ކޯވިޑް19 ވެކްސިން ޖަހުމަށް ބޭނުންވާ މީހުން ނަން ނޯޓު ކުރަން ހުޅުވާލައިފިއެވެ. މިލަންދޫ ސިއްހީ މަރުޒުގެ ޕަބްލިކް ހެލްތު ޔުނިޓުން މިރޭ އާންމުކުރި ދެންނެވުމެއްގައި ބުނީ އެރަށުގައި ދިރިއުޅޭ އުމުރުން 80 އަހަރުން މަތީ މީހުންގެ ތެރެއިން ކޯވިޑް ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ނަން ނޯޓު ކުރަން ހުޅުވާލާ ކަމަށެވެ. މިގޮތުން އެ ވެކްސިން ޖަހަން ނަން ނޯޓުކުރަން އެދޭ މީހުން މާދަމާގެ […]