މިލަންދޫ ވެސް އާންމު ހާލަތަށް ގެނެސްފި
ކޯވިޑް-19ގެ ސަބަބުން އަރާ ފޭބުން މަނާކޮށްފައި އޮތް ށ. މިލަންދޫ އާންމު ހާލަތަށް ގެނެސްފިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނައީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި މިވަގުތު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 50އަށް ވުރެ ދަށްވެފައިވާ ކަމަށާއި، އެއީ މުޅިންވެސް ކުރީގެ ކޭސްތަކާއި ގުޅުންހުރި މީހުންކަމަށް އޭނާ ވިދާޅުވިއެވެ. މިލަންދޫ މޮނިޓަރިން ހާލަތުން ވީއްލާފައި ވަނީ ރަށުގައި ބަލި ފެތުރިފައިވާ […...