Skip to main content
Topic Archive

#ށ. ކަނޑިތީމު

84 Stories filed
ގޮއިދޫ އާއި ކަނޑިތީމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރުޑީސީއަށް
Thiladhunmathi News

ގޮއިދޫ އާއި ކަނޑިތީމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރުޑީސީއަށް

ށ. ގޮއިދޫ އަދި ށ. ކަނޑިތީމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. ސަރުކާރުން މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަނޑިތީމަށާާއި ގޮއިދޫ އަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ. މިގޮތުން މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، އެ ދެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ދަށުން އާރުޑީސީއާ...

ނޫމަރާ އާއި ކަނޑިތީމު ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި
Thiladhunmathi News

ނޫމަރާ އާއި ކަނޑިތީމު ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

ށ. ނޫމަރާ އަދި ށ. ކަނޑިތީމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ. ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އިމާރާތުގައި ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަނޑިތީމަށާއި ނޫމަރާއަށް ކުރެއްވި ޒިޔާރާތުގައެވެ. ނޫމަރާ ފިޓްނަސް ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި ފެނަކަ ކޯޕަރޭޝަންގެ މެ...

ކަނޑިތީމުގައި ބީއެމްއެެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި
Thiladhunmathi News

ކަނޑިތީމުގައި ބީއެމްއެެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި

ށ. ކަނޑިތީމުގައި ޤާއިމްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފިއެވެ. އެ ރަށުގައި ބީއެމްއެލްގެ ބްރާންޗުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ކަނޑިތީމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައިއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ...

ކަނޑިތީމު ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފި
Raajje

ކަނޑިތީމު ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފި

ށ. ކަނޑިތީމު ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފިއެވެ. މި އިމާރާތުގައި ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މިހާރު ށ. އަތޮޅަށް ކުރަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން އެ އަތޮޅު ކަނޑިތީމަށް ކުރެއްވި ދަތުރުފުޅުގައެވެ. މިގޮތުން އެ އިމާރާތުގައި ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ. މި ރަސްމިއްޔާތުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަދި އެ ރަށު […]

ކަނޑިތީމު މޮނިއުމަންޓް: ބަހާއި ތަރިކައާއި އާދަކާދައިގެ ފަޚްރުވެރި ނިޝާނެއް!
Thiladhunmathi News

ކަނޑިތީމު މޮނިއުމަންޓް: ބަހާއި ތަރިކައާއި އާދަކާދައިގެ ފަޚްރުވެރި ނިޝާނެއް!

ށ. ކަނޑިތީމަކީ ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގައި ޚާއްސަ މަގާމެއް އޮތް ރަށެކެވެ. މި ރަށުގެ މުއްސަނދި ތާރީޚާއި، ޚާއްސަކޮށް ދިވެހި ބަހަށް ކޮށްފައިވާ ޚިދުމަތްތަކުގެ ހަނދާން އާކޮށްދިނުމުގެ ގޮތުން ޤާއިމުކުރެވިފައިވާ “ކަނޑިތީމު މޮނިއުމަންޓް” އަކީ، ރަށުގެ އަހުލުވެރިންނާއި، ދިވެހި ރައްޔިތުން ވެސް ފަޚުރުވެރިވާންޖެހޭފަދަ ބިނާއެކެވެ. މި މޮނިއުމަންޓަކީ، ށ. އަތޮޅު ކައުންސިލްގެ ފަރާތުން ހުޅުވާލައިގެން ކުރިޔަށްގެންދާ ޖަމިއްޔާތަކަށް ހިލޭ އެހީ ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ބުލޫގިލް ފައުންޑޭޝަން އަދި ބިނާގެ އިސ...

ކުލަގަދަ ހަރަކާތްތަކާއިއެކު މިލައުތުރު ފުޓްސަލް މުބާރާތް މިރޭ ރަސްމީކޮށް ފަށަނީ، ހަވާ އަރުވާނެ!
Thiladhunmathi News

ކުލަގަދަ ހަރަކާތްތަކާއިއެކު މިލައުތުރު ފުޓްސަލް މުބާރާތް މިރޭ ރަސްމީކޮށް ފަށަނީ، ހަވާ އަރުވާނެ!

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2025” މިރޭ ރަސްމީކޮށް ފަށާނެއެވެ. މި މުބާރާތް މި އަހަރު އޮންނަނީ ށ. ކަނޑިތީމުގައެވެ. މި މިބާރާތުގެ ފުރަތަަމަ މެޗު، ނޫމަރާ އާއި ފޭދޫ މެޗު މިއަދު ހަވީރު 16:15 ގައި ފަށާފައިވާއިރު، މި މުބާރާތް ރަސްމީކޮށް ހުޅުވުން އޮންނާނީ މިރެއެވެ. މި ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މި ރަސްމިއްޔާތުގައި ހަވާއެރުވުން ވެސް އޮންނާނެއެވެ. މި މުބާރާތް […]

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަނޑިތީމު ހޯދައިފި
Thiladhunmathi News

ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކަނޑިތީމު ހޯދައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2025” މުބާރާތުގެ ޗެމްޕިއަންކަން ކަނޑިތީމު ފުޓްބޯޅަ ޓީމު ހޯދައިފިއެވެ. ކަނޑިތީމު ފުޓްބޯޅަ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ މަގުލަސް ކްލަބާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 5-4 އިން ކުރި ހޯދައިގެންނެވެ.  އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމުުގައި ކުރިއަށް ގެންދިޔަ ފައިނަލް މެޗުގައި ވަރުގަދަ ކުޅުމެއް ދެ ޓީމުން ވެސް ދައްކައި، މެޗު ނިމުނީ ދެ ޓީމު އެއްވަރ...

ލޮނުމަސް އެޅުމާށާއި މަސްކައްކާހިއްކުމުގެ މަސައްކަތަށް ކަނޑިތީމުން ބިންދޫކުރަނީ
Thiladhunmathi News

ލޮނުމަސް އެޅުމާށާއި މަސްކައްކާހިއްކުމުގެ މަސައްކަތަށް ކަނޑިތީމުން ބިންދޫކުރަނީ

ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމުގެ މަސައްކަތައް ށ. ކަނޑިތީމުން ބިން ދޫކުރުމަށް ކަނޑިތީމު ކައުންސިލުން އިއުލާނުކޮށްފިއެވެ. އެގޮތުން ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމުގެ މަސައްކަތްކުރުމަށް ދޫކުރާ ބިންތައް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމުން އެ ކައުންސިލުން ބުނެފައިވަނީ، ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި ކަނޑިތީމު ކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މި މަސައްކަތައް ކަނޑިތީމ...

ފަތުރުވެރިކަމަށް ކަނޑިތީމުން 50 އަހަރަށް ބިން ދޫކުރަނީ
Thiladhunmathi News

ފަތުރުވެރިކަމަށް ކަނޑިތީމުން 50 އަހަރަށް ބިން ދޫކުރަނީ

ފަތުރުވެރިކަމުގެ ބޭނުމަށް ށ. ކަނޑިތީމުން ބިން ދޫކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ. އެގޮތުން ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރާ ބިންތައް 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑިތީމު ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ. މިކަމަށް ހުޅުވާލަމުން ކަނޑިތީމު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި ކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މިގޮތުނ...

ކަނޑިތީމުން ގޯތި ދޫކުރުމަށް ހުޅުވާލައިފި
Thiladhunmathi News

ކަނޑިތީމުން ގޯތި ދޫކުރުމަށް ހުޅުވާލައިފި

ށ. ކަނޑިތީމު ކައުންސިލުން އެ ރަށުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 90 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމަށް ހުޅުވާލަމުން ކަނޑިތީމު ކައުންސިލުން ބުނެފައިވަނީ، މި 90 ގޯއްޗަށް އެދި ހުށަހެޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 28 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު […]

ފްލައިން ފިޝްގެ ވެބްސައިޓާއެކު ދަތުރު ކުރުމަށް ބޮޑު ލުޔެއް
Thiladhunmathi News

ފްލައިން ފިޝްގެ ވެބްސައިޓާއެކު ދަތުރު ކުރުމަށް ބޮޑު ލުޔެއް

ތިލަދުންމަތީގައި ފުޅާދާއިރާއެއްގައި ސްޕީޑް ލޯންޗުގެ ޚިދުމަތް ދެމުން އަންނަ ފްލައިން ފިޝް އިން ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން އެ ކުންފުނީގެ ދަތުރުތަކަށް ޚާއްްސަ ވެބްސައިޓެއް ތައާރަފުކޮށްފިއެވެ. މުޅިން އަލަށް ތައާރަފު ކުރި flynfish.mv ވެބްސައިޓާއެކު ލޯންޗް ދަތުރުގެ ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ތިބެގެންވެސް ފަސޭހަކަމާއެކު ބުކިން ހައްދާލެވޭނެއެވެ. މިގޮތަށް ޓިކެޓް ނަގާއިރު ލިބެން ހުރި ސީޓުތަކުގެ ތެރެއިން ބޭނުންވާ ސީޓެއް ބުކް ކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބ...

ކަނޑިތީމާއި ގޮއިދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ކަނޑިތީމާއި ގޮއިދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ތެރެއިން ށ. ކަނޑިތީމު އަދި ގޮއިދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. އެގޮތުން މި ދެ ރަށުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގެ ތެރެއިން އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވާފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. އަދި މި ރަސްމިއްޔާތުތަކުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި ރަށު ކައުންސިލް މެންބަރުން...

ކަނޑިތީމު އުޅިއަށި ބޯޓު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެ
Thiladhunmathi News

ކަނޑިތީމު އުޅިއަށި ބޯޓު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެ

ށ. ކަނޑިތީމު އުޅިއަށި ބޯޓު ގިނަ އަދަދެއްގެ މުދަލާއެކު އެ އަތޮޅު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެއެވެ. ބިލެތްފަހި ކައުންސިލުން ބުނިގޮތުގައި އެ ބޯޓު އެރަށުގެ ކަނޑިންމައިން ވަދެގެން އަންނަނިކޮށް ބޯޓު ވަނީ ނެރުގެ އެއްފަރާތަށް ބީހިފައެވެ. އަދި ބޯޓު ނެރުގެ އެއްފަރާތަށް ބީހުމުގެ ސަބަބުން އެ ބޯޓަށް ދިޔަވާން ފެށިކަމަށް ކައުންސިލުން ބުންޏެވެ. އެ ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ބޯޓުގައި ހުރި މުދާ ސަލާމަތްކުރުމަށް އެރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން ނުކުމެ މަސައްކަތްކުރަމުން އަންނަކަމަށް […]

ވާދަވެރި ފޯރިގަދަ މިލައުތުރު ފުޓްސަލް މުބާރާތް ކަނޑިތީމުން ކާމިޔާބުކޮށްފި
Thiladhunmathi News

ވާދަވެރި ފޯރިގަދަ މިލައުތުރު ފުޓްސަލް މުބާރާތް ކަނޑިތީމުން ކާމިޔާބުކޮށްފި

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބޭއްވި “މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2023” ގެ ޗެމްޕިއަންކަން ކަނޑިތީމުން ކާމިޔާބު ކޮށްފިއެވެ. ގޮއިދޫގައި އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ކަނޑިތީމާއި ގޮއިދޫއެވެ. އަތޮޅުގެ ހުރިހާ ރަށަކުންހެން ފައިނަލް މެޗުބަލަން ގޮއިދޫއަށް އެތައްބަޔަކު ޖަމާވިއިރު، ވާދަވެރި ފޯރިގަދަ ފައިނަލް މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ކަނޑިތީން އުފުއްލައިލިއެވެ. ފައިނަލް މެޗުގައި ފުރަތަމަ ލަނޑ...

ކަނޑިތީމު ހަސަން ޒަރީރުގެ ގަލަމުން "އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުން"
Thiladhunmathi News

ކަނޑިތީމު ހަސަން ޒަރީރުގެ ގަލަމުން "އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުން"

އިހުގައި ދިރިއުޅުނު މީހުން އެ މީހުން ދިރިއުޅުމަށް ކުރި މަސައްކަތްތަކާއި އުޅުނު ގޮތްތަކާއި އާދަކާދައާއި އަދި އެ މީހުންގެ ކާބަފައިނެގެ ދުވަސްވަރު ހިނގާފައިވާ ކަންކަމުގެ މައުލޫމާތު ހޯދައި ފޮތެއްގެ ސިފައިގައި ލިޔެ ޖަމާކުރުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ. ދިވެހި ތާރީހަށް ހާއްސަ ލޯތްބެއް އޮންނަ ށ.ކަނޑިތީމް ހަސަން ޒަރީރު (ލަގަން) މީގެ ވިއްސަކަށް އަހަރު ކުރިން ލިޔުއްވަން ފެއްޓެވި “އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުން” މި ފޮތް އިއްޔެ ރަސްމީކޮށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވަނީ […]