ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތް ފަށައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހއ. ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް އިއްޔެ ފަށައިފިއެވެ. ދިއްދޫ ކުރިމަގު ޖަމިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، ރައީސްގެ 5 މިލިއަން ގަސް އިންދުމުގެ ވަޢުދުގެ ދަށުން ހއ. ދިއްދޫ ކައުންސިލާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 26 ޖުލައި 2026 ގައެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހާ […]