ބެލެނިވެރިޔަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ކުދިން ބޭރަށް ނުފޮނުވުމަށް ދިއްދޫ ކައުންސިލުގެ އިލްތިމާސެއް
މުޙިއްމު ބޭނުމެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން، ރޭގަނޑު 9:00 ގެ ފަހުން ބެލެނިވެރިއަކާ ނުލައި ރަށުތެރޭގައި ހަރަކާތްތެރިވެ ނޫޅޭކަން ކަށަވަރުކޮށް، އެ ކުދިން ބެލެހެއްޓުމަށް ހއ. ދިއްދޫ ކައުންސިލުން އެ ރަށުގެ ބެލެނިވެރިންނަށް އިލްތިމާސްކޮށްފިއެވެ. ދިއްދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް ރޭގަނޑު 9:00 ގެ ފަހުގައި، ބެލެނިވެރިއެއް ނުވަތަ ބަލަދުވެރި ފަރާތެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން ރަށުތެރޭގައި އެއްވެސް ބޭނުމެއް ނެތި ހަރަކާތްތެރިވަމުންދާކަން އެ [...