އައްޑޫ އިން ފެނުގެ ހިދުމަތް މެދުނުކެނޑި ދިނުމަށް ހުރިހާ ކަމެއް ކުރާނަން: ފެނަކަ
އައްޑޫ ސިޓީގެ ރަށްތަކުން ފެނުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީގެ އާބާދީ ބޮޑުވުމާއެކު އެ ކުންފުނިން އުފައްދާ ފެން ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަމަށެވެ. މިއާއެކު މިހާރު އެ ސިޓީގައި ބަހައްޓާފައިވާ ޕްލާންޓުން އުފައްދާ ފެނަށްވުރެ ބޭނުންކުރާ ފެނުގެ އަދަދު އިތުރުވެފައިވާ ކަމަށް ބުންޏެވެ. އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ […]