ފެނަކަ އަކީ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެއްގޮތުގައި ހަމަޖައްސައިފި
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ. ރައީސް މިގޮތަށް ނިންމަވާފައި ވަނީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މާލީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ. މިގޮތުން ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، އެސް.ޓީ.އޯ އިން ގަނެ އެ ކުންފުނީގެ ސަބް...