ކޮރަޕްޝަން މައްސަލައެއް ބަލަމުންދާކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް: ފެނަކަ ކޯޕަރޭޝަން
ކޮރަޕްޝަން މައްސަލައެއް ބަލަމުންދާކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ. ފެނަކައިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޮންލައިން ނޫސް، “ދިޔަރެސް” ގައި 26 ނޮވެމްބަރ 2019 ވަނަ ދުވަހު “ފެނަކައިގެ ކޮރަޕްޝަން މައްސަލައެއް އޭ.ސީ.ސީ ގައި ފައިލްކޮށްފި” މި މައުޟޫޢުގެ ދަށުން އެއްވެސް އަސާސެއްނެތި، ރައްޔިތުންނަށް ކަމުގެ ހަޤީޤަތް އޮޅި، ކުންފުނީގެ އަގުވެއްޓޭގޮތަށް ލިޔެފައިވާ ލިޔުމާ ގުޅޭގޮތުން ދަންނަވަމެވެ. އިސްވެ ދެންނެވުނު ލިޔުމަކީ އެއްވެސް ހަޤީޤަތެއް އެކުލެވިގެނ...