ފެނަކަ އަށް ދެ ޑީއެމްޑީން ޢައްޔަނުކޮށްފި
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް ދެ ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. ފެނަކައިން ”އެކްސް”ގައި ބުނެފައިވާ ގޮތުން އެ ކުންފުނީގެ ޑީއެމްޑީގެ މަގާމަށް ހުސައިން ޒުހުރީ އާއި އިބްރާހިމް ނާއިފް ވަނީ ޢައްޔަނު ކޮށްފައެވެ. އެ ދެ ބޭފުޅުން އެ މަގާމަށް ޢައްޔަނުކުރުމުން އެ ކުންފުނިން ވަނީ އެ ދެ ބޭފުޅުންނަށް މަރުޙަބާ ކިޔާފައެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމަށް ޢައްޔަނުކޮށްފައި ވަނީ މަޑެވެލި ދާއިރާގެ ކުރީގެ މެންބަރު މުޢާޒު މުހައްމަދު ރަޝީދު […]