Skip to main content
Topic Archive

#ފެނަކަ ކޯޕަރޭޝަން

306 Stories filed
ދިއްދޫ ހިމެނޭހެން 5 ރަށެއްގައި އައިސް ޕްލާންޓު ގާއިމުކުރަން ފެނަކައާ ހަވާލުކޮށްފި
Raajje

ދިއްދޫ ހިމެނޭހެން 5 ރަށެއްގައި އައިސް ޕްލާންޓު ގާއިމުކުރަން ފެނަކައާ ހަވާލުކޮށްފި

ހއ. ދިއްދޫ ހިމެނޭހެން 5 ރަށެއްގައި އައިސް ޕްލާންޓު ހަދަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން، ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫގައި އައިސް ޕްލާންޓު ހެދުމަށެވެ. ސައުދީ ފަނޑުގެ އެހީގެ ދަށުން މިއިން ކޮންމެ ރަށެއްގައި ގާއިމުކުރާނީ 25 ޓަނުގެ އައިސްޕްލާންޓު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން […]

ފެނަކަ އާއި ގުޅިގެން އާދަމް ޝަރީފް ހުށަހެޅި މައްސަލަ މަޖިލީހުން ބަލައެއް ނުގަތް
Raajje

ފެނަކަ އާއި ގުޅިގެން އާދަމް ޝަރީފް ހުށަހެޅި މައްސަލަ މަޖިލީހުން ބަލައެއް ނުގަތް

ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭކަމަށް ބުނާ ފައިސާ އަވަސްކޮށްދިނުމަށް އެދި ގޮވައިލާ ހުށަހެޅި މައްސަލަ މަޖިލީހުން ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ. މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ، އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެމްބަރުންނެވެ. މި މައްސަލަ ބަހުސްކުރަން ނުފެންނަކަމަށް 18 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. މިފަދަ މައްސަލަ އެއް ފެންމަތިވެފައިވާކަމަށް ބުނާއިރު، މި މައްސަލައާއި ގުޅިގެ...

22 އަހަރަށްފަހު ފަރެސްމާތޮޑާއަށް އާ އިންޖީނުގެއެއް
Business

22 އަހަރަށްފަހު ފަރެސްމާތޮޑާއަށް އާ އިންޖީނުގެއެއް

ގދ. ފަރެސްމާތޮޑާ ގެ އާ އިންޖީނުގެއިން ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ. އެ ރަށުގައި މިހާތަނަށް ހިދުމަތް ދެމުން އައީ 22 އަހަރުވަންދެން ހިންގަމުން އައި އިންޖީނުގެއިންނެވެ. ނަމަވެސް އެ އިންޖީނުގެ ހުއްޓާލައި މިހާރު ވަނީ އާ އިންޖީނުގެއަށް ހިދުމަތްތައް ބަދަލު ކޮށްފައެވެ. ފަރެސްމާތޮޑާގައި 22 އަހަރުވީ އިންޖީނުގެ ނިއްވާލައި، އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެ ހުޅުއްވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އާ އިންޖީނުގޭގައި 4...

ރައީސް، ހިރިލަންދޫ ފެނަކައިގެ އާ އިމާރާތް ހުޅުއްވައިދެއްވައިފި
Business

ރައީސް، ހިރިލަންދޫ ފެނަކައިގެ އާ އިމާރާތް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު، ތ.ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން އިމާރާތްކުރި އޮފީސް އިމާރާތް ރަސްމީގޮތުން މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި އޮފީސް ހުޅުއްވައިދެއްވީ ރައީސް މިހާރު ހިރިލަންދުއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޤައުމު ތަރައްގީ ވާނީ ރައްޔިތުން ތަރައްގީވެގެން ކަމަށާއި، ރަށްރަށުގައި އާއިލާތަކަށް ދިރިއުޅެވޭނެ ގޮތްތައް ހަމަޖެހިގެން ކަމަށެވެ. އެގޮތުން، މިސަރުކާރުން ތަރައްގީ ގެނައުމުގައި ވަކިރަށެއް ތަފާތ...

މާބައިދޫގައި އައިސް ޕްލާންޓެއް އެޅުމާއި ހިންގުން ފެނަކައަށް
Raajje

މާބައިދޫގައި އައިސް ޕްލާންޓެއް އެޅުމާއި ހިންގުން ފެނަކައަށް

ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފި އެވެ. ފެނަކައިގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. މާބައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމެވެ. މި މަސައްކަތް ނިންމުމަށް ފެނަކައަށް ދީފައިވަނީ ހަމަސް ދުވަހުގެ މުއްދަތެކެވެ. މަސްވެރިންނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސޭހަކަމާއެކު އައިސް ލިބޭނ...

ދެ ރަށެއްގެ އައިސްޕްލާންޓް ހަދަން ފެނަކައާ ހަވާލުކޮށްފި
Business

ދެ ރަށެއްގެ އައިސްޕްލާންޓް ހަދަން ފެނަކައާ ހަވާލުކޮށްފި

ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ގދ. ފިިޔޯރީ އާއި ގދ. މަޑަވެލީގެ އައިސްޕްލާންޓުގެ މަސައްކަތެވެ. އިއްޔެ ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަޙްމަދު ޔާމީނެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުޙައްމަދެވެ. ފިޝަރީޒް...

ވިލިނގިއްޔާއި ހިތަދޫގައި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާގެ މަސައްކަތް ފެނަކައަށް
Business

ވިލިނގިއްޔާއި ހިތަދޫގައި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާގެ މަސައްކަތް ފެނަކައަށް

ގއ.ވިލިނގިލި އަދި އައްޑޫ ސިޓީ ހިތަދޫގައި އަލަށް އާބާދުވި ސަރަހައްދާއި ހިއްކި ބިމުގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުއެވެ. ވިލިނގިލީގެ ނަރުދަމާގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސަ...

ފެނަކައިން ސްމާޓް މީޓަރުގެ ހިދުމަތް ތައާރަފްކޮށްފި
Business

ފެނަކައިން ސްމާޓް މީޓަރުގެ ހިދުމަތް ތައާރަފްކޮށްފި

ފެނަކަ ކޯޕަރޭޝަނުން ސްމާޓް މީޓަރުގެ ހިދުމަތް ތައާރަފްކޮށްފިއެވެ. މި ހިދުމަތް ތައާރަފްކުރީ މިދިޔަ ހޮނިހިރު ދުވަހު ގއ. މާމެންދޫގައި އިމާރާތް ކުރި އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއެވެ. މި ހިދުމަތަކީ ރިއަލް ޓައިމްގައި ކަރަންޓް ބޭނުން ކުރެވެމުންދާ ގޮތާއި އޭގެ ތަފްސީލު މިނެޓުން މިނެޓަށް މިން ކުރެވި ފެންނަން ހުންނާނެ ޓެކްނޮލޮޖީއެއް ކަމަށް ފެނަކައިން ބުންޏެވެ....

ނިލަންދޫގައި ފެނަކައިން ތަރައްގީކުރި އާ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވައިފި
Business

ނިލަންދޫގައި ފެނަކައިން ތަރައްގީކުރި އާ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވައިފި

ގއ. ނިލަންދޫގައި އަލަށް ތަރައްގީކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވައިފިއެވެ. މިއަދު ހެނދުނު ނިލަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. އެމަނިކުފާނުގެ އަރިހުގައި މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި އެ ކުންފުނީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަލަށް އިމާރާތް ކުރި މި އިންޖީނުގޭގައި ޑެގްރޫމާއި...

މައްސަލަ ހައްލުކޮށް 12 ގަޑިއިރު ފަހުން މަނަދޫއަށް ކަރަންޓު ދީފި
Raajje

މައްސަލަ ހައްލުކޮށް 12 ގަޑިއިރު ފަހުން މަނަދޫއަށް ކަރަންޓު ދީފި

މައްސަލަ ހައްލުކޮށް 12 ގަޑިއިރު ފަހުން ނ. މަނަދޫއަށް އަލުން ކަރަންޓު ދީފި އެވެ. އެރަށުން ކަރަންޓު ކެނޑުނީ ރޭ ދަންވަރު 03:30 ޖަހާކަންހާއިރު އެވެ. މުޅި ރަށް އަލުން ކަރަންޓު ދީފައިވަނީ މިއަދު 04:30 ހާއިރު އެވެ. ރެއިން ފެށިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މައިކޭބަލަކަށް ދިމާވި މައްސަލަ އަކާއި ގުޅުގެން ނެވެ. މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިގެ ފަރާތުން ކުރަމުން އަންނަކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ އެވެ. “ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މައި ކޭބަލަށް […]

ފެނަކައިން އައިސްޕްލާންޓް ބަލަހައްޓާ މުވައްޒަފުން ތަމްރީން ކުރަނީ
Business

ފެނަކައިން އައިސްޕްލާންޓް ބަލަހައްޓާ މުވައްޒަފުން ތަމްރީން ކުރަނީ

ފެނަކަ ކޯޕަރޭޝަނުން ހިންގާ އައިސް ޕްލާންޓުތަކުގެ މުވައްޒަފުން ތަމްރީން ކުރަން ފަށައިފިއެވެ. މިއީ ފެނަކަ އިންސްޓިޓިއުޓް އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. މިއީ ސެޓްފިކެޓް 3 ގެ ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯހެކެވެ. މި ކޯސް ފަށާފައިވަނީ 14 ނޮވެމްބަރު 2022 ގައެވެ. މި ކޯސް ހިންގުމުގެ މައިގަނޑު މަގުސަދަކީ އައިސް ޕްލާންޓްތަކުގެ ހިދުމަތް މެދުކެނޑުމެއްނެތިވެ ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާއެކީ ހިދުމަތް ފޯރުކޮށްދިނުމަށް، ކަމަށް ގާބިލް މުވައްޒަފުނ...

ހއ. ހދ. އަތޮޅު އަދި އައްޑޫ ސިޓީގައި ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަނީ
Thiladhunmathi News

ހއ. ހދ. އަތޮޅު އަދި އައްޑޫ ސިޓީގައި ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަނީ

ހއ. އަދި ހދ. އަދި އައްޑޫ ސިޓީގައި ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން ގެންދަވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ އެވެ. ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ފަސޭހަ ކަމެއް ލިބޭނެ ކަމަށާއި މި ހިދުމަތް ރާއްޖޭގެ ދެ ސަރަހައްދެއްގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ […]

ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ދޭން ފަށައިފި
Business

ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ދޭން ފަށައިފި

ފެނަކަ ކޯޕަރޭޝަނުން ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ދޭން ފަށައިފިއެވެ. ފެނަކައިގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ ކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދާއި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. ފެނަކައިން ބުނީ މިއަދުން ފެށިގެން އެ ހިދުމަތް ހޯދުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި ހިދުމަތް ހޯދަން ހުށަހަޅަން ޖެހޭނީ އެ ކަމަށް އެދޭ ފޯމަކުންކަމަށް އެ ކުންފުނިން ބުންޏެވެ. އެ ފޯމު ފެނަކައިގެ ވެބްސައިޓުން ލިބޭނެއެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވ...

ނާލާފުއްޓާއި މާބައިދޫގެ ބާ އިންޖީނުގެތައް ނިއްވާލައި އާ އިންޖީނުގެތަކެއް
Business

ނާލާފުއްޓާއި މާބައިދޫގެ ބާ އިންޖީނުގެތައް ނިއްވާލައި އާ އިންޖީނުގެތަކެއް

މ. ނާލާފުއްޓާއި ލ. މާބައިދޫގެ ޒަމާންވީ އިންޖީނުގެ ނިއްވާލައި, ޒަމާނީ އާ އިންޖީނުގެއަކުން ކަރަންޓު ދޭން ފަށައިފިއެވެ. ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މ. ނާލާފުށީގައި 23 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުންދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާއި އާ އިންޖީނުގެއަކުން ކަރަންޓު ދޭން ފެށީ އިއްޔެ މެންދުރުފަހު 2:35 އިން ފެށިގެން ކަމަށެވެ. މާބައިދޫގައި ހުރި އިންޖީނުގެއަކީ 38 އަހަރުވެފައިވާ ޒަމާންވީ އިންޖީނުގެއެކެވެ. އެ އިންޖީނުގެ ނިއްވާލައި, އާ އިންޖީނުގެއިން ކަރަންޓު ދޭން […]

ފަހުވަގުތު އޮންލީ ޖެހި ލަނޑުން މޮޅުވެ، ކުލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން ފެނަކައަށް
Sports

ފަހުވަގުތު އޮންލީ ޖެހި ލަނޑުން މޮޅުވެ، ކުލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން ފެނަކައަށް

ކުލަބް މޯލޑިވްސް ކަޕް ފުޓްސަލް މުބާރާތުގައި ރޭ ފެނަކައާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބައްދަލުކުރި ފައިނަލް މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެގެން ނިމެންދަނިކޮށް މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭ ފެނަކައިގެ ހުސެއިން ޝަރީފް (އޮންލީ) ކާމިޔާބު ކޮށްދިން ލަނޑުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ފެނަކައިން ހޯދައިފިއެވެ. މިއީ ކުލަބް މޯލްޑިވްސް ކަޕް ފެނަކައިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިއީ އެ ޓީމަށް މި މުބާރާތުގެ ފައިނަލަށް ވެސް ދެވުނު ފުރަތަމަ ފަހަރެވެ. ހުޅުމާލެ ރެހެންދި […]