Skip to main content
Topic Archive

#ފެނަކަ ކޯޕަރޭޝަން

306 Stories filed
ވަޓްސްއެޕް ގްރޫޕެއް ހަދައިން އެމްޑީޕީ މެމްބަރުންނަށް ބިރު ނުދައްކަން: ސައީދު
Business

ވަޓްސްއެޕް ގްރޫޕެއް ހަދައިން އެމްޑީޕީ މެމްބަރުންނަށް ބިރު ނުދައްކަން: ސައީދު

ވަޓްސްއެޕް ގްރޫޕެއް ހަދައިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ބިރުދައްކަމުންދާ ކަމަށް ބުނެ ދައްކަނީ ދޮގުވާހަކައެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ. ސައީދުއާ ހަވާލާދީ ފެނަކައިން ވަޔާނެއް ނެރުނީ ވަޓްސްއެޕް ގްރޫޕެއް ހަދައިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ބިރުދައްކަމުންދާކަމަށް، ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާތީއެވެ. އެ ކުންފުނިން ނެ...

ހަވާލުވިތާ ހަފްތާއެއް، ފެނަކައިން އައިސްޕްލާންޓުތައް އޮޕަރޭޓް ކުރަން ފަށައިފި
Business

ހަވާލުވިތާ ހަފްތާއެއް، ފެނަކައިން އައިސްޕްލާންޓުތައް އޮޕަރޭޓް ކުރަން ފަށައިފި

މިފްކޯއިން ހިންގަމުން އައި އައިސްޕްލާންޓުތައް ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރިތާ ހަފުތާއެއްގެ ތެރޭ އައިސްޕްލާންޓުތައް އޮޕަރޭޓުކުރަން ފަށައިފިއެވެ. މިފްކޯ އިން ހިންގަމުން އައި 14 އައިސްޕްލާންޓެއް ވަނީ ފެނަކައިގެ ދަށަށް ބަދަލުކޮށްފައެވެ. މި ބަދަލު ގެނައީ މިދިޔަ މަހުގެ 22ގައެވެ. ފެނަކައިން މައުލޫމާތު ދޭ ގޮތުގައި މިހާރު އެކުންފުނިން އޮޕަރޭޓުކުރާ އެ 14 އައިސްޕްލާންޓުގެ ތެރެއިން 12 އައިސްޕްލާންޓަކުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މަސްވެރިންނަށް އައިސް ވިއްކަން ވަނީ ފަށާފައެވެ. އެ ކުންފުނިން އައިސް ވި...

އުތީމުގެ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިފި
Raajje

އުތީމުގެ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިފި

ހއ. އުތީމުގައި އަލަށް ޢިމާރާތްކުރި އާ އިންޖީނުގެއާއި، އޮފީސް ޢިމާރާތް މިއަދު ހުޅުވައިފިއެވެ. މި އިމާރާތް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އުތީމަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނެއެވެ. ފެނަކަ ކޯޕަރޭޝަން އުތީމުގައި ބިނާކޮށްފައިވާ އާ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާ އިންޖީނުގެ ހުޅުވިގެން ދިޔުމާއެކު އުތީމުގެ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް އައީ ކަމަށެވެ. އަދި އުތ...

މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭ “ފެނަކަ އައިސް” ތައާރަފު ކޮށްފި
Business

މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭ “ފެނަކަ އައިސް” ތައާރަފު ކޮށްފި

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭ “ފެނަކަ އައިސް” އޮންލައިން ހިދުމަތް މިއަދު ތައާރަފު ކޮށްފިއެވެ. މިއީ ފެނަކައިން ރަށްރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއަށް، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާގުޅިގެން، ޒަމާނީ ޓެކްނޯލޮގީގެ އެހީގައި މަސްވެރިންނަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ މަގުފަހިކުރުމުގެ މަސައްކަތުގެ ދަށުން ފެނަކައިން ތައާރަފު ކުރި ހިދުމަތެކެވެ. މި ޚިދުމަތް މެދުވެރިކޮށް މ...

މިފްކޯއިން ހިންގަމުން އައި 13 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކޮށްފި، އިހަވަންދޫ ވެސް ހިމެނޭ
Thiladhunmathi News

މިފްކޯއިން ހިންގަމުން އައި 13 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކޮށްފި، އިހަވަންދޫ ވެސް ހިމެނޭ

މިފްކޯގެ ދަށުން ހިންގަމުން އައި 13 އައިސްޕްލާންޓެއް ހިންގުން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ. ފެނަކަ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން އާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ފައުޒީގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދުއާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމާއެކު އެތަންތަނު...

އޮޅުވެލިފުށީގެ އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފި
Business

އޮޅުވެލިފުށީގެ އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފި

ޅ. އޮޅުވެލިފުށީގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލައި އާ އިންޖީނު ގެއިން ކަރަންޓު ދޭން ފަށައިފިއެވެ. އެ ރަށުގައި ހުޅުވި އާ އިންޖީނުގެއަކީ މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުރި ޒަމާންވީ އިންޖީނުގެތަކުގެ ބަދަލުގައި މީހުން ދިރިއުޅޭ ހިސާބުތަކާ ދުރުގައި ޒަމާނީ، އިންޖީނުގެތަކެއް ހެދުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހަދާފައިވާ އިންޖީނުގެއެކެެވެ. އޮޅުވެލިފުށީގައި ހެދި އާ އިންޖީނު ގެއިން ކަރަންޓު ދޭން ފަށާފައިވަނީ މިދިޔަ ހޯމ...

ފެނަކައިގެ ހުރިހާ ބްރާންޗެއް ހިމެނޭހެން ކްލީނިން ޑޭ އިވެންޓެއް ބާއްވައިފި
Business

ފެނަކައިގެ ހުރިހާ ބްރާންޗެއް ހިމެނޭހެން ކްލީނިން ޑޭ އިވެންޓެއް ބާއްވައިފި

ފެނަކައިގެ ހުރިހާ ބްރާންޗެއް ހިމެނޭހެން ކްލީނިން ޑޭ އިވެންޓެއް ބާއްވައިފިއެވެ. މިއީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ ބްރާންޗްތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދެވޭ ޙަރަކާތެކެވެ. އެގޮތުން އަތޮޅުތެރޭގައި ހުރި ޖުމްލަ 156 ފެނަކަ ބްރާންޗްގެ މުވައްޒަފުން މިޙަރަކާތުގައި ބައިވެރިވި ކަމަށް އެ ކުންފުނިން ބުންޏެވެ. މިޙަރަކާތް ކުރިއަށްގެންދިޔައީ މިއަދު ހެނދުނު 07:00 ން މެންދުރުފަހު 16:00 އަށެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކުންފުނިން ޚިދުމަތްދޭ ބްރާންޗްތަކުގެ މުވައްޒަފުން މަސައްކަތްކުރަމުންދާ މާޙައު...

ޔުޓިލިޓީ ހިދުމަތަށް ދޫކުރާ ބިންތަކުން ކުލި ނަގަން ނުފެނޭ: ރައީސް
Business

ޔުޓިލިޓީ ހިދުމަތަށް ދޫކުރާ ބިންތަކުން ކުލި ނަގަން ނުފެނޭ: ރައީސް

ރަށްރަށުން ޔުޓިލިޓީ ހިދުމަތްތަކަށް ދޫކުރާ ބިންތަކުން ކުލި ނެގުމަކީ ކުރަން ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިހަފްތާގައި ލ. ގަމުގައި ކުރިއަށްދިޔަ ވިއަމަވަތި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޮންފަރެންސްގައި ބައެއް ކައުންސިލްތަކުން ވަނީ ޔުޓިލިޓީ ހިދުމަތަށް ދޫކުރާ ބިންތަކުން ކުލި ނަގައި ކައުންސިލަށް ލިބޭ ގޮތް ހަދަން ފެންނަ ކަމަށް ޚިޔާލު ހުށަހަޅައިފައެވެ. ކައުންސިލްތަކުން ފާޅުކުރ...

މޮޅަދޫ އާއި ކުރެންދޫގެ އާ އިންޖީނުގެތައް ބޭނުން ކުރަން ފަށައިފި
Thiladhunmathi News

މޮޅަދޫ އާއި ކުރެންދޫގެ އާ އިންޖީނުގެތައް ބޭނުން ކުރަން ފަށައިފި

ހއ. މޮޅަދޫ އާއި ޅ. ކުރެންދޫގައި ފެނަކަ ކޯޕަރޭޝަނުން ހަދާފައިވާ އާ އިންޖީނުގެތައް ހުޅުވައި ޙިދުމަތް ދޭން ފަށައިފިއެވެ. މޮޅަދޫގައި އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށާފައި މިވަނީ އެ ރަށުގައި 13 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލުމަށްފަހުއެވެ. އާ އިންޖީނުގެއިން ހިސުމަތް ދޭން ފެށީ ހޯމަ ދުވަހުގެ ހަވީރު 5:28 އިން ފެށިގެންނެވެ. ޅ. ކުރެންދޫގައި އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށީ އެ ރަށުގެ 18 […]

އުނގޫފާރު ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ފެނަކައާ ހަވާލުކޮށްފި
Business

އުނގޫފާރު ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ފެނަކައާ ހަވާލުކޮށްފި

ރ. އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. އެ ކުންފުންޏާ މި ޚިދުމަތްތައް ހަވާލުކޮށްފައިވަނީ އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ގައި ކަރަންޓުގެ ނިޒާމު ފެނަކައާއި ރަސްމީކޮށް ހަވާލުކުރުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. ރ. އުނގޫފާރު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަބްދުﷲ ރ...

''ފެނަކައަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއް''
Raajje

''ފެނަކައަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއް''

ފެނަކައަކީ މިއަދު ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މުލަކު އަތޮޅު ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަކަ ފުޅުގައެވެ. މިއަދު މެންދުރުކުރި ވޭވަށުގެ އާ އިންޖީނުގެ ސަރަޙައްދުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓ...

ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކޮށްފި
Raajje

ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކޮށްފި

ށ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ހިންގައި ޚިދުމަތްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ޙަވާލުކުރުމަށް ފުނަދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ. ފެނަކައިން ބުނީ، ފުނަދޫގެ ރައްޔިތުން 36 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ މިއަދު ފެނަކަ އާ ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއީ ރަށްރަށުގައި ފެނަކައިން...

ނަޝީދު ފެނަކައިގެ ވާހަކަދެއްކެވީ ކުރާ އިތުބާރަކުން: ސައީދު
Raajje

ނަޝީދު ފެނަކައިގެ ވާހަކަދެއްކެވީ ކުރާ އިތުބާރަކުން: ސައީދު

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ތެރޭގައި ކުންފުނިތަކުން މަޖުބޫރުކޮށްގެން މުވައްޒަފުންގެ ސިޔާސީ ނިންމުންތަކާ ގުޅުވައި ވަޒީފާ ގެއްލުވާލާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެނަކައިން މިސާލު ނެގީ އެ ކުންފުންޏަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. ކޮންގްރެސްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކޮންގްރެސްގައި އަމަލުކުރާ ގޮތަކުން ވަޒީފާއަށް އެއްވެސް ހިޔަންޏެއް ނޭޅޭނެ ކަމުގެ ޔަގީންކަ...

އުލިގަމުގެ އާ އިންޖީނުގެ ހުޅުވައި ޚިދުމަތް ދޭން ފަށައިފި
Thiladhunmathi News

އުލިގަމުގެ އާ އިންޖީނުގެ ހުޅުވައި ޚިދުމަތް ދޭން ފަށައިފި

ހއ. އުލިގަމުގެ އާ އިންޖީނުގެ ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ އާ އިންޖީނުގެއެއް އުލިގަމުގައި ތަރައްގީކޮށްފައި މިވަނީ އެ ރަށުގައި 26 އަހަރުވަންދެން ޙިދުމަތް ދެމުން އައި އިންޖީނުގެ ބާވެ، އެ އިންޖީނުގޭގެ ސަބަބުން އާންމުންނަށް ދަތިތަކަކާ ދިމާވާތީއެވެ. އެ ކުންފުނިން ބުނީ 26 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށީ މި މަހުގެ 14 ވަނަ […]

ޝަރީފުގެ ތައުރީފު ސައީދަށް، ''ސައީދަކީ ކުޅަދާނަ ބޭފުޅެއް''
Business

ޝަރީފުގެ ތައުރީފު ސައީދަށް، ''ސައީދަކީ ކުޅަދާނަ ބޭފުޅެއް''

ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ސައީދު އަކީ ހީވާގި އަދި ކުޅަދާނަ ހިންގުންތެރިއެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ. ޝަރީފު މިހެން ވިދާޅުވީ ސްޓެލްކޯ މުވައްޒަފުންނަށް ފްލެޓުތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ޝަރީފުވަނީ ސައީދުއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ޝަރީފު އާއި ސައީދުއަކީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ހަމައެކަނި ދެ ކުންފުންނީގެ އިސްދެ ބޭފުޅުންނެވެ. އެކަން ފާހަގަ ކ...