ލާމަރުކަޒީ ނިޒާމު ތަންފީޒުކުރުމުގެ ވިސްނުން ހުރި ވެރިޔަކީ ރައީސް މުއިއްޒު: އައިފާން
ލާމަރުކަޒީ ނިޒާމު ހަގީގީ މާނައިގައި ތަންފީޒުކުރުމުގެ ވިސްނުން ހުރި ވެރިޔަކު، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫނީ ފެނިވަޑައިނުގަންނަވާ ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާނު ވިދާޅުވެއްޖެ އެވެ. ހެންވޭރު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ވިއްކާ ހަމައެކަނި ސިޔާސަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ސިޔާސަތު ކަމަށެވެ. އެހެން ނަމަވެސް ކައުންސިލ...