އިދިކޮޅުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ހަރަކާތެއް ލޯންޗް ކުރަނީ
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ އާ ސިޔާސީ ހަރަކާތެއް ފަށަން ނިންމައި އެކަން އިއުލާންކޮށްފިއެވެ. އިދިކޮޅު ކޯލިޝަނުން އިސްވެ އުފައްދާފައިވާ “މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ކޮމިޓީން މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، “މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ހަރަކާތް ލޯންޗް ކުރުމަށް ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މިޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ މާލޭ ސިޓީގެ ކާނިވާ ސަރަހައްދުގައި ކަމަށް ވެސް އެ ކޮމެޓީން ބުންޏެވެ. ފެއްސާއި ރަތާއި ހުދު ރަމްޒުވާ ގޮތަ...