ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (6)
ކުރީގެ އަދަދާއި ގުޅޭ: މިހާރު އަހަންނަކީ އޭނާއަށް ބަލާއަކަށް ވީއޭ ހިތަށް އެރުމާއެކު އެތެރޭގައި ހިފެހެއްޓިފައި ހުރި ނޭވާ، ދޫވެއްޖެއެވެ. އަވަސް އަވަހަށް އަހަރެން ހުރި ތަނަށް ތިރިވީމެވެ. ޒިޔާދުގެ ބަސްތަކުން އަހަރެން ވަރަށް ހިތުގައި ޖެހުނެވެ. އަހަރެން ދައްކާ ވާހަކަ އޭނާއަށް އަޑު އިވެނީ ދިމާ އިދިކޮޅަށް ހެއްޔެވެ؟ އޭނާއަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟ އަނެއްކާ އަހަންނަށް ބުނެވޭ ގޮތް ކަމުނުދަނީ ހެއްޔެވެ؟ ޝަކުވާތަކުން އަހަރެންގެ ބޮލަށް އުނދަގޫ ވާން ފެށިއެވެ. ހިތަށް ތަސައްލީއެއް ލިބޭތޯ ބަލަން، […]